ޚަބަރު

ދިވެހިރާއްޖޭގެ އަޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ކޮނޑޭ އަލި މަނިކު ނިޔާވެއްޖެ


ދިވެހިރާއްޖޭގެ އަަޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ކޮނޑޭ އަލި މަނިކު ނިޔާވެއްޖެއެވެ.

އުމުރުފުޅުން 87 އަހަރުގައި އަލީ މަނިކު (ކޮނޑޭ އަލި މަނިކު) ނިޔާވީ ހެނދުނުގެ ވަގުތެއްގައެވެ.

އަލީ މަނިކުއަކީ ދިވެހިރާއްޖޭގެ އަޑުގެ ރޭޑިއޯ ޚިދުމަތް ތަޢާރަފް ކުރުމުގައި އިސް ދައުރެއް އަދާ ކުރެއްވި ފަންނީ މޭސްތިރިއެކެވެ. ކޮނޑޭ އަލި މަނިކަކީ ރާއްޖޭގެ ރޭޑިއޯ ބްރޯޑްކާސްޓިންގގައި ރަން އަކުރުން ފަވާލަން ޖެހޭ އަދި ރޭޑިއޯބްރޯޑްކާސްޓިންގއަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ޚިދުމަތްތެރިއެކެވެ.

މަރުހޫމް އަލި މަނިކުގެ ކަށުނަމާދުކުރުން އޮންނާނީ އާސަހަރާ މިސްކިތުގައި މިރޭގެ މަޢްރިބް ނަމާދަށްފަހުގައެވެ.