މުނިފޫހިފިލުވުން

ސޮނީ އިން މިފަހަރު އަންޑަރވޯޓަރ ތްރިލަރ އެއް


ކާމިޔާބު ފިލްމުތައް ކަމަށްވާ "ޕީކޫ" ، "ޕެޑްމޭން" ، "ސުރްމާ" ، "102 ނޮޓް އައުޓް" އަދި "ޝަކުންތަލާ ދޭވީ" ފަދަ ފިލްމުތައް ގެނެސްދީފައިވާ ސޮނީ ޕިކްޗާރސް އިން މިފަހަރު ގެނެސްދޭން ހަމަޖެހިފައި އޮތީ އަންޑަވޯޓަރ ތްރިލަރ "ޑައިވް" އެވެ.

ރާމް އަދި އަމީތާ ގެ ރާމްމަދްވާނި ފިލްމުސް (އާރްއެމްއެފް) އާއި ގުޅިގެން ގެނެސްދޭ މި ފިލްމު ޑައިރެކްޓް ކުރާނީ އެޑް ފިލްމު ހަދާ ނިތިން ޕަރްމަރު އެވެ. އަދި މިއީ ނިތިން ޑައިރެކްޓްކުރާ ފުރަތަމަ ފިލްމުވެސް މެއެވެ. ފިލްމުގެ ވާހަކަ ލިޔެފައިވަނީ ރޭނޫކާ ކުންޒޫރު އެވެ.

ސޮނީ އަދި އާރްއެމެއެފް އިން ޕްރޮޑިއުސްކުރާ މި ފިލްމުގެ ކޯ ޕްރޮޑިއުސަރަކީ ނީރްޖާ ނާރަޔަން އެވެ. އަދި މިހާރުގެ ފިލްމުގެ އެންމެ ފުރަތަމަ މަރުހަލާގެ މަސައްކަތްތައް ފަށާފައިވާކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ރާމް މަދްވާނީ ވަނީ އައިފާ އެވޯޑް ޙާޞިލްކޮށްފައިވާ ބަޔޯގްރޮފިކަލް ތްރިލަރ "ނީރްޖާ" ވެސް ޕްރޮޑިއުސްކޮށްފައެވެ. އަދި މި ފިލްމުގެ އެސޯސިއޭޓް ޕްރޮޑިއުސަރަކީ އަމިތާ މަދްވާނީ އެވެ. ސުޝްމީތާ ސެން ފެނިގެންދިޔަ ވެބް ސީރީޒް "އާރްޔާ" އަކީވެސް ރާމް ކާމިޔާބު ޕްރޮޑަކްޝަންއެކެވެ. ރާމް މިހާރު މަސައްކަތްކުރަނީ "އާރްޔާ 2" އަދި "ދަމާކާ" މަސައްކަތެވެ.