ވިޔަފާރި

އައިހެވަން މަޝްރޫޢު ސައޫދީން ނަގާނެ ކަމުގެ އުއްމީދު ބޮޑު


ހއ.ގައި ހިންގާ އިހަވަންދިއްޕޮޅު މަޝްރޫޢު ނުވަތަ އައިހެވަން މަޝްރޫޢު ސަޢުދީ އިންވެސްޓްމަންޓް ފަންޑުން ނަގާނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށާއި އެ މަޝްރޫޢަކީ އިންވެސްޓްމެންޓްތަކުން ރާއްޖެއަށް އުޖާލާ މުސްތަޤްބަލެއް އޮތް ކަން ދައްކުވައިދޭ ހެއްކެއް ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އައިހެވަންގެ މަޝްރޫއާ ގުޅޭގޮތުން ސައޫދީސަރުކާރާއެކު ކުރައްވަންޖެހޭއެންމެ ފަހުގެ މަޝްވަރާތަކަށް ފުރާވަޑައިގަތުމުގެ ކުރިން އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ވާހަކަފުޅު ދައްކަވަމުން މިނސްޓަރ ސައީދު ވިދާޅުވީ، ދެ އަހަރުދުވެހުގެތެރޭގައި އައިހެވަން މަޝްރޫޢު ފެށުމާއި ގާތަށް އައުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، މި ދަތުރުފުޅުގައި އައިހެވަން މަޝްރޫއާ ގުޅޭމުހިންމު މަޝްވަރާތައް ކުރިއަށް ގެންދަވާނެކަމަށެވެ.

ސަޢޫދީއަރަބިޔާގައި ކުރިއަށްދާ މަޝްވަރާގައި އައިހެވަންގެ ފީޒިބިލިޓީ ސްޓަޑީޒް ހެދި އެމެރިކާގެ ބޮސްޓަން ކޮންސަލްޓިން ގްރޫޕް (ބީސީޖީ) ވެސް ބައިވެރިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރުމަށް ސަރުކާރުން އިއުލާންކޮށްފައިވާ އައިހެވަން މަޝްރޫއަށް ސަޢުދީއަރަބިޔާގެ އިންވެސްޓްމަންޓްތައް ހޯދުމަށްރޭ ސަޢުދީއަރަބިޔާއަށް ވަޑައިގަތީ ފިޝަރީޒްމިނިސްޓަރުއަދި އިކޮނޮމިކް ކައުންސިލްގެ ކޯ ޗެއާ ޑރ. މުހައްމަދު ޝައިނީއާއި އިކޮނޮމިކް މިނިސްޓަރ އަދި އެސްއީޒެޑް ގެ ޗެއަރ މުޙައްމަދު ސައީދެވެ.