ޚަބަރު

ޔޫތު މިނިސްޓްރީއަށް ސްޓޭޓް މިނިސްޓަރެއް އައްޔަންކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެގެ މަޤާމަށް މއ. ބޯގަންވިލާ، ޙުސައިން އިސްމާޢީލް ޢައްޔަން ކުރައްވައިފިއެވެ.

ޙުސައިން އިސްމާޢީލް އަކީ ބެލްޖިއަމްގެ އިކޮނިމިކްސް ސްޓަޑީ ބިއުރޯ ބަރޖް އިން ޑިޕްލޮމާއިން މާކެޓީންގ އެންޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނިނގް ޙާޞިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

މި މަޤާމަށް ޢައްޔަނުކުރެއްވުމާއި ހަމައަށް ޙުސައިން އިސްމާޢީލްއަކީ ލ. ފޮނަދޫ ދާއިރާގެ އެމް.ޑީ.ޕީ ޤައުމީ މަޖިލީހުގެ ރައީސްއެވެ. އަދި ޙުސައިން އިސްމާޢިލް އަކީ ހީޓް ހެލްތް އެންޑް ފިޓްނަސް ގެ ޗެއަރމަންއެވެ. މީގެ އިތުރުން ސަރުކާރުގެ އިސް މަޤާމުތައްވެސް ޙުސައިން އިސްމާޢީލް ވަނީ މީގެ ކުރިން ފުރުއްވާފައެވެ.

އެގޮތުން މިނިސްޓްރީ އޮފް ހިއުމަން ރިސޯސް ޔޫތް އެންޑް ސްޕޯޓްގެ ޑެޕިއުޓީ މިނިސްޓަރގެ މަޤާމުވެސް ޙުސައިން އިސްމާޢީލް ވަނީ އަދާކުރައްވާފައެވެ.