ޚަބަރު

ސުޕްރީމްކޯޓަށް ހާޒިރުވާން އަލީ ވަޙީދުއަށް އަންގައިފި


ޖިންސީ ގޯނާގެ ތުހުމަތެއްގެ ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިފިއެވެ.

އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވާފައިވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑު އެހުން އޮންލަންކޮށް ކުރިއަށްގެންދާ މައްސަލައިގެ އަޑު އެހުމަކަށެވެ.

މި މިމައްސަލައަކީ އަލީ ވަހީދު އޮންލައިންކޮށް ޝަރީޢަތުގައި ބައިވެރިވެވޭގޮތަށް ކްރިމިނަލް ކޯޓުން ނިންމެވުމުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން އެމައްސަލަ ބޭރުކޮށްލުމުން ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައެކެވެ.

އޮންލައިންކޮށް ޝަރީޢަތްކުރިއަށް ގެންދަން ނިންމި ނިންމުން ޕީޖީ ހައި ކޯޓަށް ހުށަހެޅުމުން، ހައިކޯޓުން ނިންމީ އެ މައްސަލަ ބެލޭނެ ގާނޫނީ ހަމައެއް ނެތްކަމަށެވެ.

ހައިކޯޓުގެ ނިންމުން ޕީޖީން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، ސުޕްރީމް ކޯޓުގައި އޮންނަ އެމައްސަލައިގެ އަޑު އެހުމަކަށް އަންނަމަހުގެ 2 ވަނަ ދުވަހު ކޯޓަށް ހާޒިރުވާން އަލީ ވަހީދަށް ވަނީ އަންގާފައެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ 7 މައްސަލައެއް ކްރިމިނަލް ކޯޓުގައި އެބައޮތެވެ. މިމައްސަލަތައް ކުރިއަށް ނުގެންގޮސް އުޅެނީ އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމާއެކު އޭނާ ރާއްޖެއިން ބޭރަށް ފުރުމުންނެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުއްޓަސް އޮންލައިންކޮށް ޝަރީޢަތްތައް ކުރިއަށްގެންދެވޭނެކަމަށް ކްރިމިނަލް ކޯޓުން ނިންމެވިނަމަވެސް، ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވަނީ އެއީ ޤާނޫނު ކްރިމިނަލް ކޯޓުން އެއީ ޤާނޫނާއި ހިލާފުކަމެއްކަމަށެވެ.