ޚަބަރު

ކޯވިޑް ޖެހިގެން އިތުރު ދިވެއްސެއް ނިޔާވެއްޖެ


ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ ދިވެއްސެއް ނިޔާވެއްޖެއެވެ. މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 215 ވަނަ މީހާއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިރޭ 7:58 ހާއިރު ނިޔާވެފައިވަނީ ޢުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ޢަދަދު 215 އަށް އަރާފައިވާއިރު މީގެ ތެރޭގައި ހިމެނެނީ 196 ދިވެހިންނާއި 19 ބިދޭސީންނެވެ.

އެންމެފަހުން މިބަލީގައި ރާއްޖެއިން މީހަކު ނިޔާވެފައިވަނީ މިމަހުގެ 11ވަނަ ދުވަހުއެވެ. ކޯވިޑްއަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ހާލުބޮޑުވާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް މިހާރުވަނީ މަދުކުރެވިފައެވެ. އެގޮތުން މީގެކުރިން 200އިން މަތީގައި ހޮސްޕިޓަލްތަކުގައި ފަރުވާދެމުން އައިނަމަވެސް މިބައްޔަށް މިވަގުތު އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 16 މީހަކަށެވެ. އޭގެ އިތުރުން ބައްޔަށް ހުށައެޅޭ މީހުންގެ ޢަދަދުވެސްވަނީ ދަށްކުރެވިފައެވެ. އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް ޕޮޒިޓިވްވެފައިވަނީ 73 މީހުންނެވެ.