ޚަބަރު

ޓޮކްޔޯ އޮލިންޕިކްސްގައި 5 ކުޅިވަރެއް އަލަށް ހިމަނައިފި


ޓޮކްޔޯ އޮލިންޕިކްސްގައި 5 ކުޅިވަރެއް އަލަށް ހިމަނައިފިއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ބާއްވައި ޓޮކްޔޯ އޮލިންޕިކްސްގައި 5 ކުޅިވަރެއްގެ އިތުރުން 4 އިވެންޓެއްވެސްވަނީ އިންޓަރނޭޝަނަލް އޮލިންޕިކް ކޮމެޓީން ހިމަނައިފައެވެ. އެ ގޮތުން އޮލިންޕިކްސްގައި އަލަށް ހިމަނާފައިވާ 5 ކުޅިވަރަކީ ކަރާޓީއާއި ސުކޭޓްބޯޑިންނާއި ސުޕޯޓްސް ކުލަނއިބިންނާއި ސަރފިންނާއި ބޭސްބޯލެވެ.

ޓޮކްޔޯ އޮލިންޕިކްސް އެންމެ ފުރަތަމަ ބާއްވަން ނިންމާފައިވަނީ މިދިޔަ އަހަރުއެވެ. ނަމަވެސް ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އިންޓަނޭޝަލް އޮލިންޕިކްސް ކޮމިޓީން ނިންމީ މި އަހަރުގެ ޖުލައި މަހުގެ 23ން އޮގަސްޓު މަހުގެ 8ވަނަ ދުވަހަށް ޓޮކްޔޯ އޮލިންޕިކްސް ބޭއްވުމަށްށެވެ. ނަމަވެސް ކުޅިވަރުތައް ބެލުމަށް އެއްވެސް ކުޅިބެލުންތެރިޔަކަށް ފުރުޞަތެއް ނުލިބޭނެއެވެ.

ޓޮކްޔޯ އޮލިންޕިކްސްގައި 33 ކުޅިވަރަކުން 339 އިވެންޓުގައި ވާދަކުރާނެއެވެ. އެ އިވެންޓުތަކުގައި 11،000އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވާނެއެވެ.

ޓޮކްޔޯ އޮލިންޕިކްސްގެ ކުޅިވަރުތައް ޕީއެސްއެމުން ގެނެސްދިނުމަށްވަނީ ނިންމައިފައެވެ.