ޚަބަރު

އެމްޑަބްލިޔުއެސްސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް


އެމް.ޑަބްލިޔު.އެސް.ސީ
އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް އެޕްރެންޓިސް އެއްކަން
އަންގައިދޭ ސެޓްފިކެޓް މިއަދު ހަވާލުކޮށްފިއެވެ.



ސެޓްފިކްޓް
ހަވާލުކޮށްފައިވަނީ ފެން ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި އެކުންފުނީގެ
މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދުއެވެ. މި ރަސްމިއްޔާތުގައި
ވާހަކަފުޅުދައްކަވަމުން ފަޒުލް ރަޝީދު ވިިދާޅުވީ މި ޕްރޮގްރާމަކީ ޒުވާނުން
އަހުލުވެރިކުރުވުމަށާއި މުޖުތަމަޢަށް ފައިދާހުރި ޒުވާނުން ބިނާކުރުމަށް ކުރިއަށް
ގެންދާ ޕްރޮގްރާމެއްކަމަށެވެ. އަދި މި ޕްރޮގްރާމްގެ ސަބަބުން މުޖުތަމަޢުގައި
ވަޒީފާގެ ފުރުސަތު ނުލިބި ތިބި ޒުވާނުންނަށް އެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ
އިތުރަށް މުޖުތަމައުގައި ބޭނުން ހިފޭ  ޒުވާން މަސައްކަތްތެރިން
އުފެދިގެންދާނެކަމަށެވެ.



މި ޕްރޮގްރާމް
ފުރިހަމަކުރުމަށްފަހު މަސައްކަތުގެ ފެންވަރު ރަގަޅު ފަރާތްތަކަށް  އެ ކުންފުނިން ދާއިމީ ވަޒީފާގެ ފުރުސަތު
ލިބިގެންދާނެކަމަށާއި މިއަންނަ އަހަރު އިތުރު ދާއިރާތަކަށް މި ފުރުސަތު
ހުޅުވާލާނެކަމަށް ފަޒުލް ރަޝީދު ވިިދާޅުވިއެވެ.



މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، އެމްޑަބްލިޔުއެސްސީއިން
ބުނީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ގްރޭޑް އަށެއް އަދި
ދިހައެއްގައި ރަގަޅު ނަތީޖާ ނުލިބިތިބި ކުދިންނަށް ވަޒީފާގެ ފުރުސަތު
ހޯދައިދިނުމަށްކަމަށެވެ. މި ޕްރޮގްރާމްގައި 18 އަހަރާއި 35 އަހަރާ ދެމެދުގެ 15
ޒުވާނުންނަށް ވަނީ ފުރުސަތު ދީފައެވެ. އެޕްރެންޓިސް އިން މަސައްކަތްކުރާނީ އެމްޑަބްލިޔުއެސްސީގެ
ކަސްޓަމަރ ސަރވިސް ޑިވިޝަންގެ އެކި ޑިޕާޓްމަންޓްތަކުގައި ކަމަށް އެކުންފުނިން
ބުނެއެވެ.