ޚަބަރު

ފޮރިން މިނިސްޓްރީގައި ތަޢުޒިޔާގެ ދަފްތަރެއް ހުޅުވައިފި


ދިވެހި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިއެއްކަމަށްވާ ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ ޢަބްދުއްސައްތާރު މޫސާދީދީ އަވަހާރަވުމާއިގުޅިގެން ފޮރިން މިނިސްޓްރީގައި ތަޢުޒިޔާގެ ދަފްތަރެއް ހުޅުވައިފިއެވެ.މިއަދު މެންދުރު ހުޅުވި މިދަފްތަރުގައި، ފޮރިން މިނިސްޓަރ ދުންޔާ މައުމޫންއާއި، ފޮރިން މިނިސްޓްރީގެ އިސް މުވައްޒަފުންވަނީ ސޮއިކުރައްވާފައެވެ.މި ތަޢުޒިއާގެ ދަފްތަރު މިއަދު މެންދުރު 12:00 އިން ހަވީރު 5:00 އާއި ހަމައަށް، އަދި އަންގާރަ ދުވަހާއި ހަމައަށް ކޮންމެ ދުވަހެއްގެވެސް ހެނދުނު 09:00 އިން ހަވީރު 5:00 އަށް ހުޅުވިފައި ހުންނާނެ ކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.