ސިޔާސީ

ސީއެސްސީގެ މެމްބަރުކަމަށް ޝަހީދު އައްޔަންކުރައްވައިފި


ސިވިލް ސާރވިސް ކޮމިޝަންގެ މެމްބަރުކަމަށް ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ވައިޖެހޭގެ ޝަހީދު މުޙައްމަދު، ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަންކުރައްވައިފިއެވެ.ޝަހީދު މުޙައްމަދަށް ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ލިޔުން ޙަވާލު ‏‏ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ސިވިލް ސާރވިސް ކޮމިޝަނުން ހުސްވެފައިވާ މެމްބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުއްވާލެއްވި ފުރުޞަތުގައި އެމަޤާމަށް ކުރިމަތިލެއްވީ ހަމައެކަނި ޝަހީދު މުޙައްމަދުއެވެ. އޭނާ އެމަގާމަށް އައްޔަންކުރެއްވުމަށް ފާސްކޮށްފައިވަނީ މަޖްލީހުގެ 61 މެމްބަރުންގެ އިއްތިފާގުންނެވެ.5 މެމްބަރުން ތިއްބަވާ ސިވިލް ސާރވިސް ކޮމިޝަންގައި ދެން ހިމެނިވަޑައިގަންނަވާ އަނެއް 4 މެމްބަރުންނަކީ ކޮމިޝަންގެ ރައީސް ޑރ އަލީ ޝަމީމާއި ނައިބް ރައީސް ޖަމީލާ އަލީ ހާލިދާއި، ރީނީ އަބްދުއް ސައްތާރާއި ޒަކަރިއްޔާ ހުސެއިން އެވެ.