ޔޫއެފްސީ 264ގައި ޑަސްޓިން ޕޮއިރިއަރއާ ދެކޮޅަށް ތަޅަނިކޮށް ކޯނަރ މެކްގުރެގަރގެ ފައި ބިނދިއްޖެއެވެ.
ވަރުގަދަ ތެޅުންތެރިޔާ މެކްގުރެގަރގެ ފައި ބިނދުނީ ތެޅުމުގެ ފުރަތަމަ ބުރުގައެވެ. އެއާއެކު ޑޮކްޓަރުންވަނީ މެޗު ހުއްޓުވައި މެކްގުރެގަރއަށް އިތުރަށް ނުކުޅެވޭނެކަން އަންގައިފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބިނދައިގެންގޮސްފައިވަނީ މެކްގުރެގަރގެ ވައަތު ފައިގެ ކަށިގަނޑެވެ.
އިތުރަށް މެކްގުރެގަރއަށް ނުތެޅޭނެކަން ނިންމުމުން އޭނާވަނީ އަށިގަނޑުގައި ގެންގޮސްފައެވެ. އަދި އެ ތެޅުމުން އޭނާ ބަލިވިކަމަށްވަނީ ކަނޑައަޅައިފައެވެ. އެއީ ތެޅުމަކުން ޖެހިޖެހިގެން މެކްގުރެގަރ ބަލިވި ދެވަނަ ފަހަރެވެ.