ޚަބަރު

މާލޭގެ ހުޅަނގުފަރާތް ނިމޭއިރު ރަށެއްގެ ގޮނޑުދޮށް ސިފަވެގެންދާނެ


މާލޭގެ ހުޅަނގު ފަރާތުގައި ތަރައްގީކުރާ އާޓިފިޝަލް ބީޗް ނިމޭއިރު އެތަން އިހުޒަމާނުގައި ރާއްޖޭގެ ރަށެއްގެ ގޮނޑުދޮށެއްގެ ގޮތުގައި ދެއްކުމަށްޓަކައި، ހައުސިން މިނިސްޓްރީންދަނީ އާރޓިފިޝަލް ބީޗް ހެދުމަށް މަސްކަތްކުރަމުންދާ ކުންފުނިތަކާއެކު މަސައްކަތް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދެއެވެ. އާރޓީފިޝަލް ބީޗް ހެދުމަށް 41.5 މިލިއަން ރުފިޔާއަށް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ އޮގަސްޓް މަހުގެ ތެރޭގައެވެ. މާލޭގެ ހުޅަނގުފަރާތުގައި މިހާރު ތަރައްގީ ކުރަމުންދާ ހެދިގޮނޑުދޮށަކީ، މާލޭގައި ދިރިއުޅޭ ރައްޔިތުން ހިތްހަމަޖެހިގން އުޅެލެވެނެ ތަންތަން ހެދުމުގެ މަގްސަދުގައި ތަރައްގީ ކުރަމުންދާ ތަނެކެވެ. ހެދި ގޮޑުދޮށުގެ މައިގަނޑު މަސައްކަތްތައް ނިމި ޑިސެމްބަރު މަހުގެ ފަހުކޮޅުގައި ހުޅުވާނެ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓްރީން ދެއްވައެވެ. ހެދިގޮނޑުދޮށް އާންމުންނަށް ހުޅުވާލި ނަމަވެސް އެތަން އެންމެ ފުރިހަމަގޮތުގައި ތަރައްގީ ކޮށް ނިމޭނީ 2016 ވަނައަހަރުގެތެރޭގައި ކަމަށާއި، އެތަން އެއްކޮށް ނިމޭއިރު ރާއްޖޭގެ ރަށެއްގެ ގޮޑުދޮށް ސިފަވެގެންދާނެ ކަމަށް ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވިއެވެ. މުޅި ޕްރޮޖެކްޓް ނިމިގެންދާއިރު މިސަރަހައްދުން، ޕެވިލިއަން އަކާއި އޯވަރ ބްރިޖްފަދަ ރާއްޖެއަށް މުޅިން އާ ކަންތައްތަކެއް ފެނިގެންދާނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުންވެސް އެތަން އެންމެ ފުރިހަމައަށް ތަރައްޤީ ވެގެން އަންނައިރު އެސަރަހައްދުގައި މަގުގެ އިރަށްވާގޮތަށް ހައިއެންޑް ރެސިޑެންޝަލް އެޕާރޓްމެންޓް ހުންނާނެ ކަމަށާއި، އެތަން ހަދަން ޝައުގުވެރިކަން ފާޅުކުރުމަށް ވަރަށް އަވަހަށް ހުޅުވާލާނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.އަދި އެތަނުގެ ދެކޮޅުގައި މަސްބޭނުމަށް ޚާއްސަ ފިޝިން ޕްލެޓްފޯމްތަކަކާއި، އާންމުކޯށް ރަށްރަށުގެ ގޮޑުދޮށްތަކުން ފެންނަ ހޮޅުއަށިތައްވެސް ހެދިގޮނޑުދޮށުގައި ހަދާނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ.