މުނިފޫހިފިލުވުން

ސޮނާކްސީ ރިތޭޝް ފުރަތަމަ ފަހަރަށް ހޮރޯ ފިލްމަކުން


"ދަބަންގް"ގެ ތަރި ސޮނާކްޝީ ސިންހާ އާއި ރިތޭޝް ދޭޝްމުކް އެކުގައި ފުރަތަމަ ފަހަރަށް ފެންނާނީ ހޮރޯ ކޮމެޑީއަކުން ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

ރޯނީ ސްކްރޫވާލާގެ އަންނަ އޮތް ޕްރޮޑަކްޝަން ކަމަށްވާ މި ފިލްމުގެ ނަމަކީ "ކަކޫދާ" އެވެ. ރިތޭޝް އަދި ސޮނާކްޝީގެ އިތުރުން "ރޭސް 3"ގެ ތަރި ސާގިބް ސަލީމްވެސް މި ފިލްމުގައި ފެނިގެންދާނެއެވެ. ސާގިބް ފެނިގެންދާނީ ގޯސްޓް ހަންޓަރގެ ރޯލުން ފެންނަ ސޮނާކްޝީގެ ލޯބިވެރިޔާގެ ރޯލުންނެވެ.

މި ފިލްމު ޑައިރެކްޓްކުރަނީ މަރާތީ ޑައިރެކްޓަރ އަދިތްޔާ ސަރްޕޮޓްދާރް އެވެ. އަދިތްޔާ ވަނީ މީގެކުރިންވެސް ރިތޭޝްގެ ކަންނާދާ ފިލްމު "މައުލީ" ޑައިރެކްޓްކޮށްފައެވެ.

ފިލްމުގެ މަސައްކަތް އަންނަ ހަފްތާގައި އިންޑިއާގެ ރާޖިސްތާނުގައި ފެށުމަށްވަނީ ހަމަޖެހިފައެވެ. އަދި ޝޫޓިންގެ މުއްދަތަކީ 40 ދުވަސް ކަމުގައިވެސް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. އަދި މިއީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ހަދާ ފިކްޝަނަލް ފިލްމެއްކަމަށްވެއެވެ.

ސޮނާކްޝީ ދެން އެންމެ އަވަހަށް ފެންނާނީ ވޯރ ޑްރާމާ " ބޫޖް:ދަ ޕްރައިޑް އޮފް އިންޑިއާ" އިންނެވެ. އަޖޭ ދޭވްގަން އަދި ސަންޖޭ ދަތު ފެނިގެންދާ މި ފިލްމު ޕްރިމިއަރ ކުރަން ތާވަލުކޮށްފައި އޮތީ އަންނަ މަހު 13 ގައި ޑިޒްނީ ޕްލަސް ހޮޓް ސްޓާރއިންނެވެ. މީގެއިތުރުން ރީމާ ކާގިތްގެ ވެބް ސީރީޒް "ފޯލެން" އިންވެސް ސޮނާކްޝީ ފެންނާނެއެވެ.

ޝަޝަންކާ ގޯޝްއާއިއެކު އޭނާގެ ނެޓްފްލިކްސް ފިލްމުގެ މަސައްކަތް ނިންމާލުމަށްފަހު ރިތޭޝް ދެން ފަށާނީ މި ހޮރޯ ކޮމެޑީގެ މަސައްކަތެވެ.