ގައުމީ ޔުނިވަރސީޓީގައި ހުރި ތަޢުލީމީ ފުރުސަތުތަކާއި ބެހޭ މަޢުލޫމާތު ދިނުމަށް ހުޅުމާލޭގައި މިއަދު ހަވީރެއް ބާއްވައިފިއެވެ.އެމްއެންޔޫ ހަވީރުގެ ނަމުގައި ހުޅުމާލެ ބާބަކިއު ސަރަހައްދުގައި ކުރިއަށް ދިޔަ މި ހަވީރު އިންތިޒާމް ކޮށްފައިވަނީ، ކުޑަކުދިންނަށްވެސް ބައިވެރިވެވޭ ގޮތަށެވެ. އެގޮތުން ގިނަ ޢަދަދެއްގެ ކުޅިވަރު ހަރަކާތްތަކާއި އަގުހުރި އިނާމްތަކެއް މި ޙަރަކާތުގައި ހިމަނާފައިވާ ކަމަށް ޔުނިވަރސިޓީން މަޢުލޫމާތުދެއެވެ.ހަވީރު ހަތަރަކުން ހަޔަކަށް ކުރިއަށްދިޔަ މިހަވީރަށް އަންދާޒާ ކުރި ވަރަށްވުރެ ބޮޑު ތަރުޙީބެއް ލިބުނު ކަމަށް ޤައުމީ ޔުނިވަރސީޓީން މަޢުލޫމާތުދެއެވެ.