ކުޅިވަރު

ބީޗް ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން ޓީމް ނިކައާއި ކަސްޓަމްސް


ޑަބްލިއު ސްޕޯޓްސް އެކަޑަމީ އިން ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދިޔަ ބީޗް ހޭޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން ޓީމް ނިކަ އަދި ކަސްޓަމްސް ކާމިޔާބު ކޮށްފިއެވެ.

ދެ ކެޑަގަރީއަކަށް ހުޅުވާލާފައިވާ މި މުބާރާތުގެ ފިރިހެން ޑިވިޝަން ހުޅުވާލީ އޮފީސްތަކަށެވެ. އަދި އަންހެން ކެޓަގަރީ ހުޅުވާލާފައި ވަނީ މުޅިރަށަށެވެ. މިމަހު 01 ން 07 އަަށް ކުޅުދުއްފުށީ ބަންޑާރަ މައިދާނާ ދިމާ ހިއްކި ބިމުގައި ކުރިއަށްގެންދިޔަ މި މުބާރާތުގެ ދެ ކެޓަގަރީގެ ފައިނަލް މެޗްތައް ވެސް ކުޅެފައިވަނީ މިއަދު ހަވީރުއެވެ.

މިއަދު ކުޅުނު ފުރަތަމަ ފައިނަލަކީ އަންހެން ޑިވިޝަންގެ ފައިނަލް މެޗެވެ. މި މެޗުގައި ޓީމް ނިކަ އަދި ސްޓާރ ބައްދަލްކޮށް 7 ލަނޑު 3 ލަނޑުން މެޗް ކާމިޔާބުކޮށް ޗެންޕިއަންކަން ހޯދީ ޓީމް ނިކައެވެ. މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ޝްފާ އިބްރާހިމްއެވެ.

ދެވަނަ ފައިނަލް މެޗުގައި ފިރިހެން ޑިވިޝަންގައި ބައްދަލުކުރީ ކަސްޓަމްސްއާއި ކުލަބް ކޭއާރްއެޗެވެ. މިމެޗު 16 ލަނޑު 15 ލަނޑުން ކާމިޔާބުކޮށް ޗެންޕިއަންކަން ހޯދީ ކަސްޓަމް އެސްއާރުސީއެވެ. މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ކޭއާރުއެޗްގެ އަސްލަމް މުހައްމަދެވެ.

މީގެ އިތުރުން ދެ ކެޓަގަރީން ވެސް ވަނީ އެންމެ މޮޅު 4 ކުޅުންތެރިން ހޮވާފައެވެ. އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިން ވެސް ވަނީ ހޮވާފައެވެ.

އަންހެން ކެޓަގަރީގެ އެންމެ މޮޅު 4 ކުޅުންތެރިންނަށް ހޮވިފައި ވަނީ ސްޓަރގެ ޝަމްސުނިސާ ހުސައިނާއި ނުޒުހަތު ޢަލީގެ އިތުރުން ޓީމް ނިކަގެ ރިޝްފާ އިބްރާހިމާއި އަފީފުއްދީން ސުކޫލް ސުޕޯޓްސް އެންޑް ރިކްރިއޭޝަން ކުލަބްގެ ފާތިމަތު މުހައްމަދެވެ. އަދި އެންމެ ގިނަ ލަނޑު ޖެހި އަންހެން ކުޅުންތެރިއަކަށް ހޮވިފައި ވަނީ އަފީފުއްދީން ސުކޫލް ސުޕޯޓްސް އެންޑް ރިކްރިއޭޝަން ކުލަބްގެ އައިސަތު ރިމާޝާ އަލީއެވެ. އޭނާ ވަނީ މުބާރާތުގައި މުޅިއެކު 21 ލަނޑު ކާމިޔާބު ކޮށްފައެވެ.

ފިރިހެން ކެޓަގަރީން އެންމެ މޮޅު 4 ކުޅުންތެރިންނަށް ހޮވިފައިވަނީ ކުލަބް ކޭއާރްއެޗްގެ މުހައްމަދު އިހުސާނާއި އަސްލަމް މުޙައްމަދާއި، ދިރާގު ޓީމްގެ ޝަމްނޫޒް މުޙައްމަދާއި ކަސްޓަމްސްގެ އަހުމަދު އައުޝަންއެވެ. އަދި އެންމެ ގިނަ ގޯލް ކާމިޔާބުކުރި ފިރިހެން ކުޅުންތެރިއަކަށް ހޮވިފައި ވަނީ ކަސްޓަމްސްގެ އަހުމަދު އައުޝަންއެވެ. އޭނާ ވަނީ މުބާރާތުގައި މުޅިއެކު 33 ލަނޑުކާމިޔާބު ކޮށްފައެވެ.