ކުޅިވަރު

ޤައުމީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފިއޮންތި ހޯދައިފި


މެޗްގެ ފަހު ފަސް ސިކުންތުގައި ހޯދި ޕޮއިންޓުން މެޗް ކާމިޔާބުކޮށް ޤައުމީ ނެޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން ފިއޮންތި ސްޕޯޓްސް ކުލަބް ހޯދައިފިއެވެ. މުބާރާތުގެ ޗެންޕިއަންކަން ފިއޮންތި ސްޕޯޓްސް ކުލަބް ހޯދާފައިވަނީ މިރޭ ކުޅެވުނު ފައިނަލް މެޗްގައި ކުޅުދުއްފުށި ޔޫތް އެންޑް ރެކްރިއޭޝަން ކުލަބާއި ވާދަކޮށް 45 ޕޮއިންޓް 44 ޕޮއިންޓުންނެވެ.ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުޅުދުއްފުށި ޔޫތް އެންޑް ރެކްރިއޭޝަން ކުލަބްގެ އާމިނަތު ހަލީމެވެ.މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންނަށް ހޮވިފައިވަނީ ފިއޮންތި ޓީމްގެ އާމިނަތު ނަޒްރާ، ހަމްނާ އަބްދުލް ރަޙްމާން، އީމާން އަބްދުލް ސައްތާރު، ކުޅުދުއްފުށި ޔޫތް އެންޑް ރެކްރިއޭޝަން ކުލަބްގެ އާމިނަތު ހަލީމް، ރާޝިދާ މޫސާ، އާމިނަތު ރަބާ އަދި ޓީރެކްސްގެ އައިޝަތު ފަޒްލީލާއެވެ.މިމުބާރާތުގެ ފެއަރ ޕްލޭ ޓީމަކީ ޓީރެކްސް ސްޕޯޓްސް ކުލަބެވެ. މިމުބާރާތުގެ އެންމެ މޮޅު ކޯޗްއަކަށް ހޮވިފައިވަނީ ކުޅުދުއްފުށި ޔޫތް އެންޑް ރެކްރިއޭޝަން ކުލަބްގެ ކޯޗް ފަޒްނާ ޖަލީލުއެވެ.