ސިޔާސީ

ޑިމާންޑް ކުރިއަސް ނަޝީދު ދުލެއް ނުކުރާނެ- ހޯމް މިނިސްޓަރ


އެމްޑީޕީން ޑިމާންޑްކޮށްފައިވާ ގޮތަށް ރަޢީސް ނަޝީދު ދޫކޮށް ނުލާނެ ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއެއްގައި ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ އިންސާފު ކަނޑައަޅާނީ ސަރުކާރަކުން ނޫން ކަމަށާއި އެއީ، ޝަރުއީ ނިޒާމުގެ ތެރެއިން ކުރިއަށްދާ ކަންކަން ކަމަށެވެ.މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ އަފްރާޝީމް އާއި ރިލްވާންގެ މައްސަލަ ތަހުގީގް ކުރައްވަނީ އެމްޑީޕީން ޑިމާންޑްކޮށްގެން ނޫން ކަމަށާއި އެއީ މިހާރުވެސް ކުރިއަށް ގެންދަވާ ކަންކަން ކަމަށެވެ.ހަވީރު ފެށިގެން ކުރިއަށްދާ މުޒާހަރާ މިރޭ 12 ޖަހާއިރު ނިންމަންޖެހޭނެ ކަމަށާއި، އަދި މަގުމައްޗަށް ނުނުކުމެވޭނެ ކަމަށް، އެމްޑީޕީއަށް އަންގަވާފައިވާނެ ކަމަށާއި، އެއާ ޚިލާފަށް ޢަމަލުކޮށްފި ނަމަ ފުލުހުން އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވި. އެއްވެ އުޅުމުގެ ގާނޫނަކީ އެމްޑީޕީންވެސް ވޯޓު ދީގެން ހަދާފައިވާ ގާނޫނެއް ކަމަށާއި އެހެން ކަމުން އެގާނޫނަށް އިހުތިރާމް ކުރާނެ ކަމަށް އުންމީދު ކުރައްވާނެ ކަމަށް މިނިސްޓަރ އުމަރު ވިދާޅުވިއެވެ.