ޚަބަރު

އިންޓަރ އޮފީސް ބީޗް ހޭންޑްބޯޅަ މުބާރާތުގައި ޕޮލިސްއާއި ވާދަކޮށް ދިރާގު ބޮޑުތަފާތަކުން މޮޅުވެއްޖެ


ޑަބްލިއު ސްޕޯޓްސް އެކަޑަމީން އިންތިޒާމްކޮށްގެން ބާއްވާ އިންޓަރ އޮފީސް ހޭންޑްބޯޅަ މުބާރާތުގެ ދެވަނަ ދުވަހު ފިރިހެން ޑިވިޝަންގައި ދިރާގާއި ޕޮލިސް ބައްދަލްކުރިމެޗް ބޮޑުތަފާތަކުން ދިރާގު ކާމިޔާބުކޮށްފިއެވެ. އެގޮތުން މިމެޗް ދިރާގު ކާމިޔާބުކުރީ 27 ލަނޑު 5 ލަނޑުންނެވެ. މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ދިރާގު ޓީމުގެ ޝަމްނޫޒް މުހައްމަދެވެ.

މިމުބާރާތުގައި އިއްޔެވަނީ އިތުރު 5 މެޗްކުޅެފައެވެ. އެގޮތުން އިއްޔެ ހެނދުނު ކުޅުނު އަންހެން ޑިވިޝަންގެ ފުރަތަމަ މެޗްގައި ނިކަ އަދި ސްޓާރ ބައްދަލްކުރި މެޗް 4 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ ސްޓާރއެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސްޓާރގެ ސަމްސުންނިސާ ހުސެއިންއެވެ. ތިންވަނަ މެޗުގައި ޕްރޮމިސް އާއި ޓީމް ކުޅުދުއްފުށި ހޮސްޕިޓަލް ބައްދަލްކޮށް މެޗު ކާމިޔާބުކުރީ ހޮސްޕިޓަލް ޓީމެވެ.

މިމުބާރާތުގައި ހަވީރު ކުޅުނު ފިރިހެން ޑިވިޝަންގެ މެޗްގައި ބައްލަކުރީ ކުޅުދުއްފުށީ ހޮސްޕިޓަލް ޓީމްއާއި ކަސްޓަމްސްއެވެ. މިމެޗް ނިމުނީ 16 ލަނޑު 16 ލަނޑުން އެއްވަރުވެގެންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހޮސްޕިޓަލް ޓީމްގެ މުހައްމަދު ހަސަންއެވެ. ހަވީރު ކުޅުނު އަންހެން ޑިވިޒަންގެ ފުރަތަމަ މެޗްގައި ބައްދަލްކުރީ ސިލްވަރ ސްޓޭންޑް އާއި އަފީފުއްދީން ސްކޫލެވެ. މިމެޗް 9 ލަނޑު 10 ލަނޑުން ކާމިޔާބުކުރީ އަފީފުއްދީންސްކޫލް ޓީމެވެ. މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ އަފީފުއްދީންގެ ޓީމްގެ އައިޝަތު ރިމާޝާއެވެ. ދެންކުޅު އަންހެން މެޗްގައި ސްޓާރ އަދި ފައިވް ބައްދައްކޮށް 1ލަނޑު 0 ލަނޑުން މެޗް ކާމިޔާބުކުރީ ސްޓަރއެވެ. މިމެޗްގެ މޮޅުކުރިންތެރިއަކަށް ހޮވިފައިވަނީ ސްޓާރގެ ނުޒުހަތް ޢަލީއެވެ.