ޚަބަރު

ވިއްސާރައާއި ގުޅިގެން މެޓް އޮފީހުން ޔެލޯ އެލާރޓް ނެރެފި


މިހާރު ރާއްޖެއަށް
ކުރަމުންދާ ވިއްސާރައާއި ގުޅިގެން ހދ. އަތޮޅުންް ފެށިގެން ގދ. އަތޮޅާއި ދެމެދުގެ
ރަށްތަކަށް ޔެލޯ އެލާރޓް ނެރެފިއެވެ.



މެޓް އޮފީހުން ޔެލޯ އެލާރޓް ނެރެފައިވަނީ މިއަދު ހެނދުނު 10:15 ން ފެށިގެން މެންދުރު 2:15 އާ ހަމައަށެވެ.



ހދ. އަތޮޅުން ފެށިގެން ގދ. އަތޮޅުގެ ރަށްތަކަށް މެންދުރު
ދެގަޑި ފަނަރައާއި ހަމައަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވައިގަދަވެ އަދި
ފެންބޮޑުވެދާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށާއި، ކަނޑު
ގަަދަވާނެކަމަށްވެސް ލަފާކުރެވޭތީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި
އެހެން ދަތުރުތައް ނުކުރުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.