ޚަބަރު

ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސަކަށް އަމީން އިންތިޚާބްކޮށްފި


ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް ކަމަށް ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު އިންތިޚާބް ކޮށްފިއެވެ.

އަމީން ހދ އަތޮޅު ކައުންސިލްގެ ނައިބު ރައީސްކަމަށް އިންތިޚާބު ކުރީ މިއަދު ހދ އަތޮޅު ކައުންސިލްގެ ޖަލްސާކުރާ މާލަމްގައި ބޭއްވި އެކައުންސިލްގެ 4 ވަނަ ދައުރުގެ 5 ވަނަ އާންމު ބައްދަލުވުމުގައެވެ.

ހދ އަތޮޅު ކައުންސިލްގެ 14 މެންބަރުން ބައިވެރިވި މިބައްދަލުވުމުގައި ހދ އަތޮޅު ކައުންސިލްގެ ނައިބު ރައީސްކަމަށް އަމީން އިންތިޚާބުވީ 8 ވޯޓުލިބިގެންނެވެ. އަމީންއާ ވާދަކުރި ހދ ކުރިނބީ ކައުންސިލްގެ ރައީސް ޢަބްދުﷲ އަސްލަމަށް ލިބުނީ 6 ވޯޓެވެ.

ހދ އަތޮޅު ކައުންސިލްގެ ރައީސަކަށް ހުންނަވަނީ ވެރިކަންކުރާ ޕާޓީ އިންތިޚާބުގައި ވާދަކުރެއްވި މުހައްމަދު ސިރާޖެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި ހދ އަތޮޅު ކައުންސިލްގެ ރައީސްގެ ގޮނޑިއަށް ސިރާޖުގެ އިތުރުން ތިން މީހަކު ވާދަކުރިއެވެ. އެ ތިން މީހުންނަކީވެސް ކުޅުދުއްފުއްޓަށް ނިސްބަތްވާ ތިން މީހުންނެވެ.