ޚަބަރު

އައި.ޖީ.އެމް.އެޗްގެ ޑެޕިއުޓީ ސީއީއޯއަކަށް މުހައްމަދު ރިޝްވާން


ރައީސުލްޖުމްހޫރިއްޔާ،
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރުގެ
މަޤާމަށް ހެންވޭރު
ހަބަރުގޭ އަލްފާޟިލް މުޙައްމަދު ރިޝްވާން ޢައްޔަން ކުރައްވައިފިއެވެ. 



މުޙައްމަދު ރިޝްވާން މިހާތަނަށް ހުންނެވީ
އައި.ޖީ.އެމް.އެޗްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނަރަލްގެ މަޤާމުގައެވެ. އެމަޤާމަށް އޭނާ
އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. 



މުހައްމަދު ރިޝްވާނަކީ ސިފައިންގެ ވަޒީފާއާއި ފުލުހުންގެ
ވަޒީފާގައި ގިނަ ދުވަސްތަކެއްވަންދެން ޙިދުމަތްކުރައްވާފައިވާ ބޭފުޅެެކެވެ.
ފުލުހުންގެ ޙިދުމަތުން ދެހާސްބާރަ ވަނަ އަހަރު ރިޝްވާން ރިޓަޔަރ ކުރެއްވިއިރު
ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައެވެ.