ކުޅިވަރު

ފެރޫއިން ކޮޕަރ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުއަޓަރ ފައިނަލުން ޖާގަ ހޯދައިފި


ވެނަޒުވޭލާ ބަލިކޮށް ފެރޫއިން ކޮޕަރ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުއަޓަރ ފައިނަލުން ޖާގަ ހޯދައިފިއެވެ. ގްރޫޕް ސްޓޭޖްގެ ފަހު މެޗްގައި ޕޭރޫ ވެނަޒުވޭލާގެ މައްޗަށް ކުރި ހޯދާފައި ވަނީ 1 ލަނޑު 0 ލަނޑުންނެވެ.

މިމޮޅާއެކު ޕެރޫއިން މުބާރާތުގެ ކުއަޓަރ ފައިނަލުން ޖާގަ ހޯދަފައިވާއިރު، ގުރޫޕް ބީން ބްރެޒިލް، ކޮލަމްބިއާ އަދި އެކުވެޑޯވެސްވަނީ ކުއަޓަރ ފައިނަލުން ޖާގަ ހޯދާފައެވެ. މުބާރާތުގެ ކުއަޓަރ ފައިނަލުން ޖާގަ ނުލިބި ވެނަޒުވޭލާވަނީ މުބާރާތުން އަލްވަދާޢު ކިޔަން ޖެހިފައެވެ. މިމެޗްގައި ޕެރޫއިން ޖެހި ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އެންޑްރިއާ ކަރިލޯއެވެ.

މުބާރާތުގެ ކުއަޓަރ ފައިނަލްގައި ވާދަކުރާނެ ޓީމްތައް ޔަގީންވާނީ މިރޭ ގުރޫޕް އޭގައި ކުޅުމަށް ހަމަޖެހިފައިވާ މެޗްތައް ނިމުމުންނެވެ. ގުރޫޕް އޭއިން މިހާރުވެސް އާޖެންޓީނާ، ޗިލީ، ޕެރަގުއޭ އަދި އުރުގުއާއީވަނީ ކުއަޓަރ ފައިނަލުން ޖާގަ ހޯދާފައެވެ.