ޚަބަރު

އިންވެސްޓަރުންނަށް މުހިއްމީ ރާއްޖެ އަމާންކަންމަތީ އޮތުން- ރައީސް


ދިވެހިރާއްޖެއަށާއި ރާއްޖޭގައި އިންވެސްޓްކުރާ
އިންވެސްޓަރުންނަށް އެންމެ މުހިއްމީ ރާއްޖެ އަމަންއަމާން ކަމާއެކު އޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ
އަބްދުﷲ ޔާމިން ޢަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.



"އިކޮނޮމިކް
ޑައިލޮގް ވިތް ޕްރެޒިޑެންޓް" ގެ ނަމުގައި އިކޮނޮމިކް މިނިސްޓްރީން ބޭއްވި
ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ވިދާޅުވީ
ކޮންމެ ކަމެއްގައި މަގުމަތި އިޚުތިޔާރުކޮށް އެބަޔަކު ބޭނުން ގޮތަކަށް ކަންކަން
ނިންމުމުގައި މުލައްދަނޑީގެ ބާރު ދައްކައިގެން ކަންކަން ނިންމަން އުޅުމަކީ މިހާރު ގަބޫލު
ކުރާނެ ގޮތެއް ނޫންކަމަށެވެ.



އަދި ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގާ ހަރުކަށި
އަދި އަނިޔާވެރި ޢަމަލުތަކަކީ އެކި ގައުމުތަކަށް އިންވެސްޓަރުން ގެންދިއުމަށް އޮތް
ހުރަހެއް ކަމަށް ވިދާޅުވަމުން ރައީސް ވިދާޅުވީ ޤައުމުގައި ކުރާ ސިޔާސީ ކަންކަމުގެ
ސަބަބުން އަމިއްލައަށް މުސީބާތްތައް ލިބިގަނެގެން ނުވާނެކަމަށެވެ.  އެގޮތުން ސޯޝަލް މީޑިއާގައި ދިވެހިން ރާއްޖެއާ މެދު ގޯސްވާހަކަ
ދެއްކުމަކީ އޭގެ ސަބަބުން ނުތަނަވަސްކަން އަންނާނެ ކަމެއްކަމުގައި ވިދާޅުވިއެވެ. މުޅި
ދުނިޔެއަށް ވެސް އިންވެސްޓަރުން ގެނައުމަށް މި އޮތް ގޮންޖެހުމަކީ ހަމަނުޖެހުންތައްކަމަށާއި
މިފަދަ ހަމަނުޖެހުންތައް ރާއްޖެއިން ނައްތާލަން ޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.