ކޮމަންވެލްތް މިނިސްޓަރސް އެކްޝަން ގްރޫޕް
ބައްދަލުވުމުގެ އެޖެންޑާގައި ދިވެހިރާއްޖެ ނުހިމަނާގޮތަށް ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ ރާއްޖެއިން ކޮންމަންވެލްތަށް ދެމުންދާ އެއްބާރުލުމަށް
ބެލުމަށްފަހުކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއްވައެވެ.
މިހާރު މޯލްޓާގައި ކުރިއަށްދާ ކޮމަންވެލްތް
މިނިސްޓަރސް އެކްޝަން ގްރޫޕްގެ ބައްދަލުވުމުގައި ރާއްޖޭގެ ޙާލަތު ރާއްޖޭގެ ޚާރިޖީ
ވުޒާރާގެ ވަފުދެއް ވަނީ އޮޅުންފިލުއްވައި ދެއްވާފައެވެ.
ރާއްޖެ ވަފުދުގެ ވެރިޔާގެ ޙައިޞިއްޔަތުން
މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފޮރިންގ ސެކްރެޓަރީ ޑޮކްޓަރ ޢަލީ
ނަޞީރު މުޙައްމަދު މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ
ރާއްޖެއަށް ވޭތުވެދިޔަ ދެތިން މަހުގެ ތެރޭގައި ވަރަށް ނޭދެވޭ ކަންތައްތަކެއް
ކުރިމަތިވެފައިވާ ކަމަށެވެ.
މިގޮތުން ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން
ނުރައްކާތެރި ޙަމަލާއެއް ދިން ކަމަށާއި މިޙަމަލާއިން ރައީސް
ސަލާމަތްވެވަޑައިގެންނެވި ނަމަވެސް ރައީސްގެ އަނބިކަނބަލުންނަށް ބޮޑެތި
ގެއްލުންތަކެއް ލިބުނުކަން ފާހަގަކުރެއްވިއެވެ.
އަދި މިޙަމަލާ ދީފައިވަނީ ރައީސްގެ ލޯންޗުކޮޅުގައި
އައި.އީ.ޑީއެއް ބޭނުންކޮށްގެން ކަމަށް ޤަބޫލްކުރެވޭކަމުގައި ދިވެހި ވަފުދުން މައުލޫމާތު
ދެއްވިއެވެ.
މީގެއިތުރުން މިކަމުގެ ތަޙުޤީޤުގައި ނާއިބްރައީސްގެ
މަޤާމުގައި ހުންނެވި ބައިވެރިވެފައިވެވަޑައިގެންފައިވާކަމަށް ތުހުމަތު
ކުރެވޭކަމަށާއި ތަހުގީގާ ގުޅިގެން ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށްގެންދިޔަ
އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ހަތިޔާރާއި ގޮވާޒާތުގެ ތަކެތި ހޯދިފައިވުމާ
ގުޅިގެން ގައުމުގެ ހާލަތަށް ބަލާފައި ކުއްލި ނުރައްކަލުގައި ހާލަތުގައި ގައުމުގައި
އިއުލާން ކުރެވިގެން ދިޔަ ކަމަށް މައުލޫމާތު ދެއްވިއެވެ. އަދި އެއަށްފަހު
ފުލުހުންނާއި ސިފައިންނާ މަޝްވަރާކޮށް ގައުމުގެ ހާލަތަށް ބެލުމަށްފަހު ހަ ދުވަސް
ފަހުން ކުއްލި ނުރައްކަލުގެ ހާލަތު އުވާލިކަމަށްވެސް މައުލޫމާތު ދެއްވިއެވެ.
މި ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ފޮރެން
ސެކްރެޓަރީ ވަނީ ދިވެހިރާއްޖެއަށް އެތައް ގޮންޖެހުންތަކެއް ކުރިމަތިވިނަމަވެސް ސަރުކާރުން
ޑިމޮކްރެޓިކް އުސޫލުތަކުގެ މަތިން ގައުމު ހިންގުމުގެ ކަންތައް ކުރިއަށް ގެންދަން
ބާރުއަޅާނެ ކަމުގައި ޔަގީންކަން ދެއްވާފައެވެ.
ކޮމަންވެލްތެ އާއިލާގައި ހިމެނޭ ގައުމު ތަކުގެ
މުހިއްމުކަން ދިވެހިރާއްޖެއަށް އިނގޭކަމަށާއި އެއްގައުމު އަނެއް ގައުމަށް
އެހީތެރިވުމުގެ މައްޗަށްވެސް ބައްލާލެއްވިއެވެ.
ދިވެހިރާއްޖެ ކޮމަންވެލްތްގެ ގައުމުތަކާއި އެކު
ކޮމަންވެލްގެ އުސޫލުތަކުގެ މަތީގައި ދެމިއޮންނާނެ ކަމުގައި ޔަގީންކަން ފޮރިން
ސެކްރެޓަރީ ވަނީ ތަކުރާރުކޮށް ދެއްވާފައެވެ.