މުނިފޫހިފިލުވުން

ތިން ފިލްމެއްގެ ޑީލް ކިއާރާ އަދްވާނީއަށް


ތެލުގޫ އެކްޓަރ ރާމް ޗަރަން އާއިއެކު ކިއަރާ އަދުވާނީ ފެނިގެންދާ ފިލްމެއްގެ ވާހަކަ ދެކެވޭތާ މިވަނީ ދުވަސްކޮޅެއް ވެފައެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ އެސް ޝަންކަރުއެވެ. މި ފިލްމު ސިނަމާތަކަށް ނާންނަނީސް އަނެއްކާވެސް ކިއާރާ އެސް ޝަންކަރުގެ އިތުރު ދެ ފިލްމެއްގައި މަސައްކަތް ކުރަން ތައްޔާރުވަމުން އަންނަ ވާހަކަތައް މިވަނީ ދެކެވެން ފަށާފައެވެ. ބޮލީވުޑް ހަބަރުތައް ގެނެސްދޭ އިންޑިއާގެ ނޫސްތަކުން ބުނާގޮތުން ކިއާރާވަނީ އެސް ޝަންކަރާއިއެކު މަލްޓި ފިލްމު ޑީލެއް ހަދާފައެވެ.

މިފަހަރުގެ ދެ ފިލްމުގެ ތެރެއިން އެއް ފިލްމަކީ 'އާރް ސީ 15' އެވެ. މި ފިލްމުގެ އިތުރުން ތަމަޅަ ހިޓް ފިލްމު "އަނިޔާން" ގެ ހިންދީ ރީމޭކް "އަޕާރިޗިތް" ވެސް ކިއަރާ ފެންނާނެއެވެ.

އެއް ފިލްމުގައި ކިއާރާ ފެނިގެންދާނީ މަޝްހޫރު ތަމަޅަ އެކްޓަރ ރާމް ޗަރަންއާއެކުއެވެ. އަނެއް ފިލުމުގައި ކިއާރާ ފެނިގެންދާނީ ރަންވީރު ސިންގާއި އެކުއެވެ. މީ މިދެތެރިން އެއްކޮށް ސްކްރީނުން ފެންނަ ފުރަތަމަ ފަހަރެވެ.

ކިއަރާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަނީސް ބާޒްމީގެ ހޮރޯ ކޮމެޑީ "ބޫލް ބުލައްޔާ 2" ވިކްރަމް ބަޓްރާގެ ބަޔޯޕިކް "ޝީރުޝާހު" ވަރުދަވަން އާއިއެކު ފެނިގެންދާ "ޖުގް ޖުގް ޖިޔޯ" އަދި އަނިލް ކަޕޫރު، ނީތޫ ސިންގް އަދި ޝަޝަންކު ކައިތާނުގެ ފިލްމެއްވެސް ހިމެނެއެވެ. މި ފިލްމުގައި ކިއަރާގެ އިތުރުން ވިކީ ކޯޝާލް އަދި ބޫމީ ޕެދްނޭކަރުވެސް ފެނިގެންދާނެއެވެ.