ޚަބަރު

އިކޮނޮމިކް އެންޑް ޔޫތް ކައުންސިލުގެ ވަޒީރުން ހުޅުމާލެއަށް


ހުޅުމާލޭގެ ފުރަތަމަ
ފިޔަވަހި އަދި ދެވަނަ ފިޔަވަހީގައި ކުރިއަށްދާ ތަރައްޤީގެ ތަފާތު މަޝްރޫޢުތައް
ކުރިއަށްދާ ގޮތް ބައްލަވާ ލެއްވުމަށް އިކޮނޮމިކް އެންޑް ޔޫތް ކައުންސިލްގައި
ހިމެނިވަޑައިގަންނަވާ ވަޒީރުން ހުޅުމާލެއަށް ޒިޔާރަތް ކުރައްވައިފިއެވެ.



މި ޒިޔާރަތުގައި
ހުޅުމާލެ ދެވަނަ ފިޔަވަށްސަށާއި، ހުޅުމާލޭގައި ހަދާ ޓްރީޓޮޕް ހޮސްޕިލް ހަދަމުންދާ
ސައިޓަށްވެސް ވަޒީރުން ޒިޔާރަތްކުރެއްވިއެވެ. އަދި ހުޅުމާލޭގެ ފުރަތަމަ
ފިޔަވަށްސާއި ދެވަނަ ފިޔަވަހީގައި އިތުރަށް ތަރައްޤީ ކުރެވިދާނެ ތަންތަނާ ގުޅޭގޮތުން
ވަޒީރުން ވަނީ، ހައުސިންގ ޑިވެލޮޕްމެންޓް ކޯރޕަރޭޝަންގެ މެނެޖިން ޑިރެކްޓަރ
މުޙައްމަދު ސައިމަން އަށް ލަފާއަރުއްވާފައެވެ.



މަޝްވަރާތަކަށްފަހު
ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ވަޒީރުން ވިދާޅުވީ، ދެވަނަ ފިޔަވަހި ޔޫތް
ސިޓީގެ ގޮތުގައި ތަރައްޤީކުރުމަށް ބާރު ސްޕިޑެއްގައި ސަރުކާރުން މަސައްކަތް
ކުރައްވަމުން ގެންދަވާ ކަމަށާއި، ޒުވާނުންނަށް ބޭނުންވާ ފަދަ ސިޓީއަކަށް އެތަން
ހެދުމަށް ހުރިހާ ވަޞީލަތްތަކަކާއެކު 2018 އަށް ޔޫތް ސިޓީ ނިންމުމަށް އަމާޒު
ހިފާފައިވާކަމަށެވެ.





ޔޫތު ސިޓީގެ ތަރައްޤީއަށް
ބޭނުންވާ ފައިސާވެސް ހަމަޖެހެމުންދާކަން ވަޒީރުން ހާމަކުރެއްވިއެވެ.   ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރު ކުރިއަށްދަނީ ހިއްކާފައިވާ  ބިމުގެ ފަސްގަނޑު ޙިމާޔަތް ކުރުމަށް ހިލަޖެހުމުގެ
މަސައްކަތެވެ.



ދެވަނަ ފިޔަވަހީގެ
މަގު ހެދުމުގެ މަސައްކަތް މިހާރު ވަނީ އިންޑިއާގެ ކުންފުޏަކާ ޙަވާލުކުރައްވާފައެވެ.
އެޗްޑީސީ އިން ބުނިގޮތުގައި، ދެވަނަ ފިޔަވަހީގެ ކޮމާޝިއަލް މަސައްކަތްތައް އަންނަ
އަހަރުގެ ފުރަތަމަ ކުއާޓާރގެ ތެރޭގައި ފަށާނެއެވެ. އީވައިސީގެ ވަޒީރުން މިއަދު
ހުޅުމާލެއަށް ކުރެއްވި ދަތުރު ނިންމަވާލެއްވީ، އިބްރާހީމް ނާޞިރު އިންޓަރނޭޝަލް
އެއާރޕޯރޓްގެ ތަރައްޤީއަށް މިހާރު ކުރަމުންގެންދާ މަސައްކަތްތައް ބައްލަވާލެއްވުމަށް
އެއަރޕޯޓަށް ޒިޔާރަތް ކުރެއްވުމަށްފަހުއެވެ.