ޚަބަރު

މިއަދުވެސް 600އަށްވުރެ ގިނަ މީހުން ކޯވިޑް ވެކްސިން ފުރިހަމަކޮށްފި


ކޯވިޑުން ރައްކާތެރިވުމަށްޓަކާ ޖަހާ ވެކްސިން މިއަދުވެސް 653 މީހަކު ވެކްސިން ފުރިހަމަކޮށްފިއެވެ. މިއާއެކު ރާއްޖޭގައި ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދުވަނީ 184،865އަށް އަރާފައެވެ.

އެޗްޕީއޭއިން އާޢްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު ވެކްސިންގެ ދެޑޯޒު ފުރިހަމަކުރި މީހުންގެ ޢަދަދު 184،865ވަނީ އަރާފައެވެ. މީގެތެރޭއިން 653 މީހަކު ވެކްސިން ފުރިހަމަކުރީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންޖެހި 199 މީހުންނާއި އަތޮޅުތެރޭގެ ރަށްތަކުން ވެކްސިން ޖެހި 454 މީހުންނެވެ.

ވެކްސިންގެ ފުރަތަމ ޑޯޒު ދިނުމުގެ މަސައްކަތްވެސް ކުރިއަށްދާއިރު ވޭތުވެދިޔަ 2 ގަޑިއިރުގެތެރޭގައި 223 މީހަކުވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންޖެހި 98 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 125 މީހުންނެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒާއި 2ވަނަ ޑޯޒް ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެއާއި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 2 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 193 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.