ކުޅިވަރު

އޮސްމާން ޑެންބެލޭއަށް ޔޫރޯ ނިމިއްޖެ


ޒުވާން ހުނަރުވެރި ފޯވާޑް އޮސްމާން ޑެމްބެލޭގެ ކަކުލަށް ލިބުނު އަނިޔާއާއި ގުޅިގެން ފްރާންސްގެ ޔޫރޯ ސްކޮޑުން އޭނާ ބާކީކޮށްފިއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފްރާންސް ލައްވާލާފައިވަނީ ގުރޫޕް އޮފް ޑެތްގެ ނަމުން މަޝްހޫރު ގުރޫފް އެފްގައެވެ. 24 އަހަރުގެ އޮސްމާން ޑެމްބެލޭއަށް އަނިޔާވެފައިވަނީ ފްރާންސް އާއި ހެންގޭރީއާއި ދެކޮޅަށް ކުޅުނު މެޗްގައެވެ. މިމެޗްގައި ޑެމްބެލޭ ކުޅެން އަރާފައިވަނީ ބަދަލް ކުޅުންތެރިއެއްގެ ގޮތުގައެވެ. ނަމަވެސް އޭނާގެ ކަކުލަށް ލިބުނު އަނިޔާއާއި ގުޅިގެން ފަހުން ޑެމްބެލޭވަނީ ބަދަލްކޮށްފައެވެ. މިއަނިޔާއާއި ގުޅިގެން ޑެމްބެލޭއަށް ރަނގަޅަށް ފިޓްކޮށް ހުރެގެން މެޗްއެއް ކުޅެވޭނީ މަހެއް ހާ ދުވަސްފަހުންކަމަށްވާތީ އޭނާއަށް މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުރިއަށް ނުދެވޭނެތީވެ، ޑެމްބެލޭވަނީ ފްރާންސްގެ ސްކޮޑްއިން ބާކީކޮށްފައެވެ. ޑެމްބެލޭގެ ބަދަލްގައި އެހެން ކުޅުންތެރިއެއް ސްކޮޑްގައި ޖެހުމުގެ ފުރުސަތެއް މިހާރު ފްރާންސްއަކަށް ނެތެވެ. ފްރާންސްގެ ސްކޮޑުން ޑެމްބެލޭ ބާކީ ކުރަން ޖެހުނު ނަމަވެސް، އެޓީމުގެ އެޓޭކަށް ބަލާއިރު، ވަރަށް ވަރުގަދަ ކުޅުންތެރިން އެބަތިއްބެވެ. އެމްބާޕޭ، ޖިރޫޑް، ބެން ޔެޑާ، ކޯމަން އަދި ބެންޒީމާ ފާހަގަކޮށްލެވެއެވެ.

މިމުބާރާތުގައި ފްރާންސުން އެޓީމް ކުޅުނު ފުރަތަމަ މެޗްގައިވަނީ ޖާމަނީ 1-0ކުން ބަލިކޮށްފައެވެ. އަދި ދެވަނަ މެޗްގައި ހަންގޭރީއާއި ވާދަކުރި މެޗު ވަނީ 1 ލަނޑު 1 ލަނޑުން އެއްވަރުވެފައެވެ. ފްރާންސުން ގްރޫޕް ސްޓޭޖުގައި އަންނަ ބުދަ ދުވަހު ނިކުންނާނީ އެންމެ ފަހުގެ ޔޫރޯ ޗެމްޕިއަން ޕޯޗުގަލްއާ ދެކޮޅަށެެވެ. މުބާރާތުގެ ދެވަނަ ބުރުން ފުރުސަތު ހޯދުމަށް ފްރާންސް އާއި ޕޯޗުގަލަށްވެސް ފުރުސަތު އޮތްއިރު، ޔަގީންކަމާއެކު މެޗުން މޮޅުވާ ޓީމްއަކަށް ދެވަނަ ބުރަށް ދެވޭނެއެވެ.