ކުޅިވަރު

ވޮލީ ލީގުގެ 2 ވަނަ ލިބުމުގެ ފުރުސަތު އަދިވެސް ޕޮލިސް ކުލަބަށް


ޤައުމީ ވޮލީބޯޅަ ލީގުގެ ފުރަތަމަ ބުރުގައި
ދެވަނާގައި އޮވެގެން ނިންމާލުމުގެ ފުރުސަތު ޕޮލިސް ކުލަބަށް ލިބިއްޖެއެވެ. ޕޮލިސް ކުލަބަށް
ލީގުގެ ފުރަތަމަ ބުރު ދެވަނާގައި އޮވެގެން ނިންމާލުމުގެ ފުރުސަތު ލިބިފައިވަނީ ރޭ
އެޓީމް ކުޅުނު މެޗް ގުޑީސް ސްޕޯޓްސް ކުލަބާއި ވާދަކޮށް ސީދާ ތިން ސެޓުން މެޗް
ކާމިޔާބުކުރުމުންނެވެ މިމެޗްގެ ސެޓްތައް ޕޮލިސް ކުލަބް ގެންދިޔައީ 25-13، 25-23 އަދި 27-25 ނެވެ. މެޗްގެ މޮޅު
ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ކުލަބްގެ މުހައްމަދު ޝާއީންއެވެ.



މިމެޗުން މޮޅުވުމާ ގުޅިގެން ޕޮލިސް ކުލަބަށް 3 މެޗުން 6 ޕޮއިންޓް ވަނީ ލިބިފައެވެ. ޕޮލިސް ކުލަބާ އެންމެ ގާތުން ވާދަކުރާ
މޯލްޑިވްސް ރެކްރިއޭޝަން ކުލަބަށް 3 މެޗުން ލިބިފައިވަނީ 5 ޕޮއިންޓެވެ. ޤައުމީ
ވޮލީބޯޅަ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗްތައް މާދަމާ ކުޅޭނެއެވެ. މިއަދު ހަވީރު
ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ބައްދަލުކުރާނީ ގުޑީސް ސްޕޯޓްސް ކުލަބާއި މޯލްޑިވްސް ރެކްރިއޭޝަން ކުލަބެވެ. އަދި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި
ބައްދަލުކުރާނީ ސްޕޯޓްސް ކުލަބް ސިޓީއާ ޕޮލިސް ކުލަބެވެ.