ޚަބަރު

މާލޭގެ 2 ސަރަޙައްދެއްގައި އަޅާ ފްލެޓްތައް އަންނަ މަހު ނިމޭނެ


ގާކޮށި ގައި
ހަދަމުންދާ ފްލެޓްތަކަށް ޖެނުއަރީ މަހު އަދި އަރަބިއްޔާ ހުރި ބިމުގައި ހަދަމުންދާ
ފްލެޓްތަކަށް ފެބުރުއަރީ މަހު މީހުން ދިރިއުޅެން ފަށްޓަވާނެކަމަށް ހައުސިންގ
މިނިސްޓަރ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.



ޓާޓާ ކުންފުނިން،
މާލޭގެ ގާކޮށީގައި ހަދަމުންދާ ފްލެޓްތަކާއި ، އަރަބިއްޔާ ހުރި ބިމުގައި ހަދަމުންދާ
ފްލެޓްތަކުގެ މަސައްކަތް އެއްކޮށް ނިންމާ، މި އަންނަ ޑިސެމްބަރު މަހު ސަރުކާރާ
ހަވާލުކުރެވޭނެކަމުގެ ޔަޤީންކަން ފްލެޓްތައް ހަދަމުންދާ ޓާޓާ ކުންފުނިންވަނީ ދީފައެވެ.



ޝެޑިއުލް އާއި އެއްގޮތަށް
ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި މިހާރުވެސް ގިނަ މުވައްޒަފުންތަކެއް ދަނީ މި ދެ
ތަނުގައި މަސައްކަތް ކުރަމުންނެވެ.



ހައުސިންގް
މިނިސްޓަރ ޑޮކްޓަރ މުޙައްމަދު މުއިއްޒު ވިދާޅުވީ، ޑިސެމްބަރު މަހު އަރަބިއްޔާ
ހުރި ބިމުގައި އަޅަމުންދާ ފްލެޓްތައް ނިންމާ އެތަން މިނިސްޓްރީ އާއި
ޙަވާލުކުރެވޭނެކަމަށެވެ.



" އަރަބިއްޔާ ހުރި ބިމުގައި އަޅާ ފްލެޓްތައް ނިމި ޑިސެމްބަރު މަހު އަޅުގަނޑުމެންނާއި ޙަވާލުކުރެވޭނެ.ގާކޮށީގައި އަޅާ ފްލެޓް ޖެނުއަރީގައި ނިމި ފެބްރުއަރީގައި މީހުން އުޅެންފަށާނެ. މި ޓާރގެޓް ހާސިލްކުރުމަށް މި ދަނީ މަސައްކަތް ކުރަމުން" މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.



ޓާޓާ ކުންފުނިން
ގާކޮށްޓާއި، އަރަބިއްޔާ ހުރި ބިމުގައި ހަދާ ފްލެތްތަކުގެ މަސައްކަތް ފަށާފައިވަނީ
ދެހާސްބާރަވަނަ އަހަރުގެ ތެރޭގައެވެ. އެހެންނަމަވެސް ދިމާވި އެކި އެކި ސަބަބުތަކާއި
ހުރެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އެއްބަސްވުމަށް އިސްލާހުތަކެއް
ގެނައުމަށްފަހު އަލުން ފްލެޓްތަކުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ 2014 ވަނަ
އަހަރު ގެ ޑިސެމްބަރު މަހުގެތެރޭގައެވެ.



އަރަބިއްޔާ އާއި
ގާކޮށި ބިމުގައި ހަދާ ދުއިސައްތައަށްޑިހަ ފްލެޓަކީ ވެށިފަހި މާލޭ ޕްރޮގްރާމްގެ
ދަށުން ފްލެޓްތައް ލިބޭ ފަރާތްތައް ކަނޑައަޅާފައިވާ ފްލެޓްތަކެއް. 

އަރަބިއްޔާ ހުރި ބިމުގައި އަޅަމުންދާ ފްލެތްތަކަކީ ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ މީހުން ދިރިއުޅެންފަށާނެ ފްލެތްތަކެވެ.ނުވަބުރިއަށް އިމާރާތްކޮށްފައިވާއެ  ފްލެޓްބަރީގައި ހުރީ ތިން ކޮޓަރީގެ ފްލެތްތަކެވެ.