ޚަބަރު

13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި


 13އަހަރުގެ އަންހެން ކުއްޖަކަށް
ގަދަކަމުން ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ކ. ހުރާއިން މީހަކު
ހައްޔަރުކޮށްފިއެވެ.





މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 22
އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.





ފުލުހުން ބުނީ އެ މީހާ ރޭ ދަންވަރު ކޯޓު އަމުރެއްގެ ދަށުން
ހައްޔަރުކޮށްފައިވަނީ ރޭ 20:30 ހާއިރު ކ. ހިންމަފުށި ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު
މައްސަލައަކާއި ގުޅިގެންކަމަށެވެ.





މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު
ގޮތެއް ނިންމުމަށް ކ. ހިންމަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ
މުއްދަތެއް ދީފައިވާކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.