ކުޅިވަރު

އޮސާކާ މިއަހަރުގެ ވިމްބަލްޑަން ނުކުޅެން ނިންމައިފި


ހަތަރު ފަހަރު ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ޖަޕާންގެ ނައޯމީ އޮސާކާ މިއަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތް ނުކުޅެން ނިންމައިފިއެވެ.

23 އަހަރުގެ އޮސާކާ މިއަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތް ނުކުޅެން ނިންމާފައިވަނީ ޢާއިލާ އާއި ރައްޓެހިންނާއެކު ވަގުތު ހޭދަކުރުމުގެ ގޮތުންނެވެ. ނިމިގެންދިޔަ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި މީޑިއާ އާއި ވާހަކަ ދެއްކުމަށް ދެކޮޅު ހެދުމާއި ގުޅިގެން ކުރިމަވި ފިއްތުންތަކާހެދި އޮސާކާ ވަނީ އަމިއްލައަށް މުބާރާތުން ވަކިވެފައެވެ.

މިއަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތް ނުކުޅެން ނިންމާފައިވީނަމަވެސް، މިއަންނަ މަހުގައި ޖަޕާންގައި ފެށުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސްގައި ކުޅޭނެކަން އޮސާކާ ވަނީ އިއުލާންކޮށްފައެވެ. އަދި އޮސާކާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އަމިއްލަ ގައުމު އަދި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުމުގެ ފުރުސަތު ގެއްލުވާލަން ބޭނުން ނުވާކަމަށާއި އޮލިމްޕިކްސްގައި ވާދަކުރުމަށް މިހާރުވެސް މިހީރީ ކެތްމަދުވެފައިކަމަށެވެ.

ނައޯމީ ފުރަތަމަ ގްރޭން ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ.