ކުޅިވަރު

އިންޑިއާގެ އެންމެ ބާރު އެއް ދުވުންތެރިޔާ މިލްކާ ސިންގް ކޮވިޑް ބަލީގައި ނިޔާވެއްޖެ


އިންޑިއާގައި އުފެދުނު އެންމެ ބާރު އެއް ދުވުންތެރިޔާ މިލްކާ ސިންގް ކޮވިޑް ބަލީގައި ނިޔާވެއްޖެއެވެ.
މިލްކާ ސިންގުގެ ޖަނާޒާ ރަސްމީ އިއްޒަތުގައި އިއްޔެގެ ވަގުތެއްގައި އިންޑިއާ ސަރުކާރުން ވަނީ ބައްވާފައެވެ.

މިލްކާ ސިންގް މަރުވެފައިވަނީ ކޯވިޑް ބައްޔަށް ފަރުވާ ހޯދަމުންދާތާ މަހެއްހާ ދުވަސް ފަހުންނެވެ. އިނގިރޭސިންގެ ދަށުގައި އިންޑިއާ އޮތްއިރު ގޯވިންދުޕޫރަށް 1929 ގައި އުފަންވި މިލްކާ ސިންގް 91 އެއް އަހަރުގައި ނިޔާވުމާއި ގުޅިގެން އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދަރަ މޯދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޑިޔާއަށް ގެންލިގެން އެ ދިޔައީ ހަމައެކަނި ކުޅިވަރު ކުޅުންތެރިއެއް ނޫންކަމަށާއި އިންޑިޔާއަށް ގެއްލިގެން އެ ދިޔައީ ކުޅިވަރު ޝަހުޝިއްޔަތެއްކަމަށެވެ.

ކޯވިޑް-19ގެ އަލާމާތްތަކުން ރަނގަޅު ނުވެ، މިލްކާ ސިންގް ނިޔާވެފައިވާއިރު، މީގެ ދުވަސްކޮޅެއް ކުރިން ވަނީ މިލްކާ ސިންގުގެ އަންހެނުން ވެސް ކޯވިޑް ބަލީގައި ނިޔާވެފައެވެ. މިލްކާ ސިންގްގެ އަންހެނުން އިންޑިޔާގެ ގައުމީ ވޮލީ ޓީމަށް ކުޅެ، އެޓީމުގެ ކެޕްޓަންކަންވެސް ކޮށްފައިވެއެވެ. މިލްކާ ސިންގް ވަނީ 1958ވަނަ އަހަރު ކޮމަންވެލްޓް ގޭމްސްއިން ވެސް ރަން މެޑަލް ހޯދާފައެވެ.

އިންޑިއާގައި އުފެދުނު އެންމެ ބާރު އެއް ދުވުންތެރިޔާ މިލްކާ ސިންގްގެ ކުޅިވަރު ހަޔާތުގެ މައްޗަށް ބިނާކޮށް 2013ވަނަ އަހަރު ބަގް މިލްކާ ބާގްގެ ނަމުގައި ފިލްމެއްވެސްވަނީ އުފައްދާފައެވެ. މިފިލްމުވަނީ ބޮކްސް އޮފީހުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.