ކުޅިވަރު

ދެވަނަ ބުރުން ޖާގަ ހޯދި ފުރަތަމަ ޓީމަކަށް އިޓަލީ


ސްވިޒަލެންޑް ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ދެވަނަ ބުރުން ޖާގަ ހޯދި ފުރަތަމަ ގައުމަކަށް އިޓަލީ ވެއްޖެއެވެ.
މުބާރާތުގެ ފުރަތަމަ މެޗްގައި އިޓަލީ ވަނީ ތުރުކީ ބަލިކޮށްފައެވެ. ރޭ އެޓީމު ކުޅުނު ދެވަނަ މެޗުގައި ސްވިޒަލެންޑް ބަލިކޮށްފައި ވަނީ ފަސޭހަކަމާއެކު 3 ލަނޑު 0 ލަނޑުންނެވެ.

ދެ މެޗުން ހޯދި މޮޅާއެކު އިޓަލީއަށް ވަނީ 6 ޕޮއިންޓް ލިބިފައެވެ. ގުރޫޕްގެ ދެވަނައިގައި އޮތީ ވޭލްސްއެވެ. އެޓީމަށް 4 ޕޮއިންޓް ލިބިފައިވާއިރު، މިގުރޫޕްގެ ތިންވަނައިގައި އޮތީ ސްވިޒަލަންޑެވެ. މި ގުރޫފްގެ އެންމެ ފުލުގައި އޮތީ ތުރުކީއެވެ. މިމެޗްގައި އިޓަލީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ސްވިޒަލެންޑަށް އިޓަލީގެ ގޯލް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. މިމެޗްގައި އިޓަލީއިން ޖެހި ތިން ގޯލްގެ ތެރެއިން ދެ ގޯލް ޖަހައިދީފައިވަނީ މެނުއަލް ލޮކަޓެއްލީއެވެ. މިމެޗްގައި ސްވިޒަލެންޑަށް މާ ނުރައްކަތެރި ހަމާލާއެއް އިޓަލީގެ ގޯލާއި ދިމާލަށް ފޮނުވާލެވިފައެއް ނުވެއެވެ. މެޗުގައި އީޓަލީއިން ޖެހި ފަހު ލަނޑު އެޓީމަށް ކާމިޔާބުުކޮށްދިނީ ޗީރޯ އިމޯބިލޭއެވެ.

މި މެޗާއެކު އިޓަލީ ވަނީ ބަލިނުވެ 29 މެޗް ހަމަކޮށްފައެވެ. އެޓީމް އެންމެ ފަހުން ކުޅުނު 10 މެޗުގައި ވެސް ބައިކޮޅަށް ލަނޑެއް ވަދެފައެއް ނުވެއެވެ.