ސިޔާސީ

މުޒާހަރާގައި ޤާނޫނާ ހިލާފް ނުވާނޭކަމަށް އެމްޑީޕީން ބުނެފި


އަންނަ ހުކުރުދުވަހު ބާއްވާނެކަމަށް
އެމް.ޑީ.ޕީން އިޢުލާންކޮށްފައި މުޒާހަރާގައި ޤާނޫނާ ޚިލާފް އެއްވެސް ކަމެއް
ނުހިނގާނެކަމުގެ ޔަޤީންކަން އެޕާޓީން ދީފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން
ހާމަކުރައްވައިފިއެވެ.

ޕީ.އެސް.އެމްއަށް މަޢުލޫމާތު ދެއްވަމުން
އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ، މިއަދު
އެމް.ޑީ.ޕީއާއެކު އެކޮމިޝަނުން ބޭއްވެވި ބައްދަލުވުމެއްގައި ހުކުރު ދުވަހުގެ މުޒާހަރާގައި
ޤާނޫނާ ޚިލާފް ކަމެއް ނުހިނގާނެކަމުގެ ޔަޤީންކަން ފުލުހުންގެ ޙާޟިރުގައި  އެމް.ޑީ.ޕީން ދީފައިވާކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ޤާނޫނީ އިމުގެ ތެރޭގައި ކޮންމެ ސިޔާސީ ޕާޓީއަކުން
ޙަރަކާތްތަކެއް ހިންގި ނަމަވެސް އެކަމުގައި ހުރަހެއް ނޯންނާނެކަމަށެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމް.ޑީ.ޕީން
ހުކުރު ދުވަހު ބާއްވާނެކަން އިޢުލާންކޮށްފައިވާ މުޒާހަރާ އެންމެ ދުވަހަކުން
ނިންމާނުލާނެ ކަމަށާއި އެއިޙްތިޖާޖް ދިގުލައިގެން ދާނެކަމަށް އެޕާޓީންމިއަދު
ބުނެފައިވެއެވެ.  އެމް.ޑީ.ޕީގެ
އަންހެނުންގެ   ގޮފިންނާއި ޒުވާނުންގެ ރޫޙުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި
ވަނީ  ސަރުކާރުން ވެވަޑައިގެންފައިވާ
ވަޢުދުތަކާ އެއްގޮތަށް ޒުވާނުންނާ އެނޫންވެސް އެކި ޢުމުރުފުރާތަކުގެ މީހުންނަށް ލިބެންޖެހޭ
ބައެއް ކަހަލަ ކަންކަން ޙާޞިލްވަމުން ނުދާކަމަށް ތުހުމަތުކޮށްފައެވެ.