ދުނިޔޭގެ ވިޔަފާރި

ކުރިއަށް އޮތް 2 އަހަރު ޕާކިސްތާނުގެ ޖީޑީޕީ އިތުރުވާނެކަމަށް ލަފާކޮށްފި


ޕާކިސްތާނުގެ ޖީޑީޕީ ކުރިއަށްއޮތް ދެ އަހަރަށް 4.8 އިންސައްތައަށް އިތުރުވާނެކަމަށް އެޤައުމުން ލަފާކޮށްފިއެވެ.

މީގެއިތުރުން ފިޒިކަލް ޑެފިސިޓް 6.3 އިންސައްތައަށްވެސް އިތުރުވާނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

ޕާކިސްތާނުން މިހާރުވެސް ދަނީ އެ ޤައުމަށް އައިއެމްއެފްއިން ދީފައިވާ 6 ބިލިއަން ޑޮލަރުގެ ލޯނު އެހީއާބެހޭ ވާހަކަތައް ދައްކަމުންނެވެ.

ޤާނޫނު ހަދާ މަޖިލީހަށް ބަޖެޓް ފޮނުވުމުގެ ކުރިން ޕާކިސްތާނުގެ މާލީ ވަޒީރު ވަނީ ބަޖެޓް ކަނޑައަޅާ މުޅި އަހަރަށް 53.93 ބިލިއަން ޑޮލަރު ޚަރަދުވާނެކަމަށް ލަފާކޮށްފައެވެ. ކޯވިޑްގެ މި ބަލިމަޑުކަމާއި ކުރިމަތިލާންޖެހިފައި ވީނަމަވެސް ތައިލޭންޑުން ވަނީ އެޤައުމުގެ އިޤްޠިޞާދަށް ކުރިއެރުން ލިބޭނެކަމަށް ލަފާކޮށްފައެވެ. މިގޮތުން މިދިޔަ އަހަރު 2.1 އިންސައްތައަށް ޖީޑީޕީ ކުރިއަރާނެކަމަށް ލަފާކޮށްފައިވާއިރު، ޖީޑީޕީ ވަނީ 3.9 އިންސައްތައަށް އިތުރުވެފައެވެ.

ކުރިއަށްއޮތް ދެ އަހަރު ދުވަހު 6 އިންސައްތައިން 7 އިންސައްތައަށް އިޤްޠިޞާދު ކުރިއަރަގެންދާނެކަމުގެ ޔަޤީންކަން ހޯދަންޖެހޭ ކަމާއި އަދި މިއަހަރު ޢާމްދަނީގެ ގޮތުގައި 37.24 ބިލިއަން ޑޮލަރު ލިބޭނެކަމަށް ލަފާކުރައްވާކަމަށްވެސް މާލީ ވަޒީރު ވިދާޅުވިއެވެ.

އައިއެމްއެފްއިން ދީފައިވާ 39 މަހުގެ ލޯނު އެހީ 6 ވަނަ ފަހަރަށް މުރާޖާ ކުރުމުގެ ވާހަކަތައް އައިއެމްއެފްއާއެކު ޕާކިސްތާނުން ދައްކާއިރު ޢާމްދަނީއަށް ލަފާކުރާ ޢަދަދަކީ މިހާރު އެންމެ މުހިންމު ގޮތެއްގައި ދައްކާ ވާހަކައެވެ. 23 އިންސައްތައަށް މި ޢަދަދު އިތުރުކުރެވޭނެ ގޮތްތަކާއިމެދު ޕާކިސްތާނު ސަރުކާރުން އައިއެމްއެފްއާއި ވާހަކަދައްކާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.