އެމް.ޑަބްލިއު.އެސް.ސީން އައިޖީއެމްޗް ކައިރީ ޓެކްސީ ސްޓޭންޑެއް ހަދައިފިއެވެ.
މިއީ އެކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުންކޮށްފައިވާ މަސައްކަތެއްކަމަށް އެމް.ޑަބްލިއު.އެސް.ސީން ބުނެއެވެ.
މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީން އައިޖީއެމްއެޗްގެ މައި ގޭޓު ކައިރީގައި، ކަނބާއައިސާރަނި ހިނގުމުގައި ޤާއިމުކޮށްފައިވާ ޓެކްސީ ސްޓޭންޑުގެ މަސައްކަތް ނިމި މިހާރު އަންނަނީ ބޭނުންކުރަމުންނެވެ.
މިސްޓޭންޑު ޤާއިމުކުރުމަށް އެކުންފުނީގެ ސީއެސްއާރް ބަޖެޓުން 1.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ. މިސްޓޭންޑު ޤާއިމުކުރުމުގެ މައިގަނޑު މަގްސަދަކީ އައިޖީއެމްއެޗަށް އަންނަ މީހުންގެ ތެރެއިން ޓެކްސީއަށް މަޑުކޮށްގެން ތިބޭ މީހުންނަށް ކުރިމަތިވަމުންދާ ދަތިތަކަށް ހައްލެއް ހޯދުންކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ. އެގޮތުން ވިއްސާރަ ދުވަސްވަރު އައިޖީއެމްއެޗް ކައިރީ ޓެކްސީއަށް މަޑުކޮށްގެން ތިބެވޭނެ ހިޔާވަހިކަމެއް ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކުގެ އިތުރުން އަވީގައި އުމުރުން ދުވަސްވީ މީހުން ޓެކްސީއަށް އިންތިޒާކުރަންޖެހޭ ޙާލަތްތަކުގައި މަޑުކޮށްލައިގެން ތިބެވޭނެ ތަނެއް ނެތުމުގެ ދަތިކަންވެސް މިޓެކްސީ ސްޓޭންޑާއެކު ހައްލުވެގެންދާނެކަމަށް އެކުންފުނިން ފާހަގަކުރެއެވެ.
އެމް.ޑަބްލިއު.އެސް.ސީގެ އަމާޒަކީ، ކުންފުނިން ތަރައްޤީގެ ހަރުފަތްތައް ގިރާކުރަމުންދާއިރު، ކުރިއަށް އޮތްތަނުގައިވެސް ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން، މުޖްތަމަޢުގެ ކުރިއެރުމާއި ލާބައަށްޓަކައި ތަފާތު އެކި ދާއިރާތަކުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުންކަމަށް އެކުންފުނިން ވިދާޅުވެއެވެ.