ޚަބަރު

ޖިންސީގޯނާ ކުރާ މީހުންގެ ދަފްތަރު އިފްތިތާޙްކޮށްފި


ދިވެހި
މުޖުތަމައުގައި ކުޑަކުދިންނަކީ ރައްކާތެރިކަން ލިބިގެންވާ ބައެއްކަން
ކަށަވަރުކުރުމަށް ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މީހުންގެ ދަފްތަރު ރަސްމީކޮށް
މިއަދު އިފްތިތާޙްކޮށްފިއެވެ.



މިއަދު ޖެންޑަރ
މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދަފްތަރު އިފްތިތާޙްކޮށްދެއްވީ ބަންޑާރަނައިބު މުޙައްމަދު އަނިލްއެވެ. މި ދަފްތަރު އާންމުކޮށްފައިވަނީ www.offenders.mv ވެބްސައިޓްގައެވެ. މިއީ އަޙްމަދު އަފްސަލް ހިލޭސާބަހަށް ފަރުމާކޮށްދީފައިވާ ވެބްސައިޓެކެވެ.



މި
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ބަންޑާރަ ނައިބު ވިދާޅުވީ މި ދަފްތަރުގައި
ކުޑަކުދިންނަށް ޖިންސީގޯނާކޮށްގެން ހުކުމްއިއްވޭ ހުރިހާ ފަރާތެއްގެ މަޢުލޫމާތު
އެމީހެއްގެ ނަމާއި ފޮޓޯއާއެކު ފެންނަންހުންނާނެކަމަށެވެ. އަދި ޤާނޫނާއި
އެއްގޮތްވާގޮތުގެ މަތިން އެމީހެއްގެ ހާލަތަށް އަންނަ ބަދަލުތައްވެސް ވެބްސައިޓަށް
އަޕްޑޭޓްކުރަމުންދާނެކަމަށާއި ދަފްތަރު މެދުވެރިކޮށް އެމީހަކު އެވަގުތުހުރި ތަނަކާއި
ހުކުމްއިއްވި ތާރީޚްގެ އިތުރުން ހުކުމް ތަންފީޒްކޮށް ނިމޭނެ ތާރީޚްވެސް ފެންނަން
ހުންނާނެއެވެ. މީގެ އިތުރުން މި ދަފްތަރުގައި ހިމެނޭ މީހެއް އެމީހެއްގެ ހުކުމް
ތަންފީޒްކޮން ނިމުމުންވެސް އިތުރު 10 އަހަރަށް ދަފްތަރުގައި އެމީހެއްގެ
މަޢުލޫމާތު ފެންނަން ހުންނާނެކަމަށް ބަންޑާރަނައިބު އަޙްމަދު އަނިލް ވިދާޅުވިއެވެ.

މިއީ ވަކި މީހެއް ބޭޒާރުކުރުމަށް ކުރާކަމެއް ނޫންކަމަށާއި ދުނިޔޭގެ އެހެން
ތަހުޒީބު ޤައުމުތަކުގައިވެސް ކުރާކަމެއްކަމަށް ޖެންޑަރ މިނިސްޓްރީން ފާހަގަކުރައްވައެވެ. މިއަދު
އިފްތިތާހްކުރެވުނު ދަފްތަރު މެދުވެރިކޮށް ކުޑަކުދިންނަށް ހުރި ނުރައްކާތެރިކަމަކީ
ކޮބައިކަމާއި އެކަންކަމާއިބެހޭ މަޢުލޫމާތުގެ އިތުރަށް ކުޑަކުދިންނަށް
ރައްކާތެރިކަން ދިނުމަށް ކުރަންޖެހޭ ކަންތައްތަކާއި ބެހޭ މައުލޫމާތުވެސް
ހިމަނުއްވާފައިވެއެވެ.މި ދަފްތަރުގައި
75 މީހެއްގެ މަޢުލޫމާތު ހިމަނާފައިވެއެވެ.

ކުޑަ ކުދިންނަން ޖިންސީ ގޯނާ ކުރާ  މީހުންނާއި މެދު ހާއްސަ
އުސޫލު ތަކަކަށް އަމަލު ކުރުމުގެ ގާނޫނުގައިބުނާ ގޮތުން އެފަދަ މީހުންގެ
މައުލޫމާތު ފަސޭހައިން އާންމުންނަން ލިބޭނެ ނިޒާމެއް ގާއިމު ކުރަން ޖެހެއެވެ.