ޚަބަރު

މާލޭގެ ގެއެއްގައި ބާބަކިއު ހަދަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައިފި


މާލޭގެ ގެއެއްގަ ބާބަކިއު ހަދަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ ޙާދިސާ ހިނގާފައިވަނީ ހ.ފައިންޕަރކް ކިޔާ ގޭގެ އެއްވަނަ ފަންގިފިލާގައިކަމަށެވެ. މި ޙާދިސާގައި މީހަކަށް އަނިޔާވެ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ޙާދިސާ ހިނގި ގެއަށް ދިޔައިރު، އެ ގޭގެ މީހުންގެ މަސައްކަތުން ވަނީ އަލިފާން ނިންވާލާފައެވެ.

މި ޙާދިސާ ހިނގައިގެން ރިޕޯޓްކުރީ މިއަދު މެންދުރު ކުރީ 11:55ހާއިރުއެވެ.