ކުޅިވަރު

ބޮޑު މުބާރާތެއްގައި ފިންލެންޑްގެ ފުރަތަމަ މޮޅު


ބައިނަލްއަގުވާމީ ބޮޑު ފުޓްބޯޅަ މުބާރާތެއްގައި ފިންލެންޑް ކުޅުނު ފުރަތަމަ މެޗް އެޓީމް ކާމިޔާބުކޮށްފިއެވެ. މިމެޗް ފިންލެންޑް ކާމިޔާބުކޮށްފައިވަނީ 1 ލަނޑު 0 ލަނޑުންނެވެ.

މިމެޗްގެ ފުރަތަމަ ހާފް ނިމެންދަނިކޮށް ޑެންމާކުގެ އެންމެ މުހިންމު އެއް ކުޅުންތެރިއެއްކަމަށްވާ ކްރިސްޓިއަން އެރިކްސަން މެޗްގެ 44ވަނަ މިނެޓްގައި ދަނޑުމައްޗަށް ހޭނެތިގެން ވެއްޓުމާއި ގުޅިގެން މެޗް ހުއްޓާލަން ޖެހުނެވެ. އެރިކްސަންއަށް ދަނޑުމަތީގައި ފަރުވާ ދިނުމަށްފަހުވަނީ އިތުރު ފަރުވާދޭން ހޮސްޕިޓަލަށް ގެންގޮސްފައެވެ. މިހާދިސާ އާއި ގުޅިގެން ޑެންމާކްގެ ކުޅުންތެރިންނާއި ސަޕޯޓަރުން ވަރަށް ބޮޑު ހިތާމައެއް ކުރިމަތިވިއެވެ. ފަހުން ޔޫއެފްއާއި މެޗް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ދެ ޓީމާއެކު މަޝްވަރާ ކުރުމަށްފަހުއެވެ.

މެޗް ހުއްޓާލި ހިސާބުން މެޗް ކުރިއަށް ގެންދިޔައިރު، އެރިކްސަން ވަނީ ހޮސްޕިޓަލުގައި އޮވެ ޓީމާ ވީޑިއޯ ކޯލަކުން ވާހަކަ ދައްކާފައެވެ. މެޗްގެ ފުރަތަމަ ހާފްގައި ޑެންމާކްގެ ކުޅުންތެރިންވަނީ ފިންލެންޑްގެ ގޯލަށް ނުރައްކާތެރި ދެތިން ހަމާލާއެއް ފޮނުވާލާފައެވެ. ނަމަވެސް ފިންލެންޑްގެ ކީޕަރު ރަޑޭޗީ ވަނީ މިހަމަލާތައް ދިފާއުކޮށްފައެވެ. މެޗް ހުއްޓާލި ހިސާބުން ފަށައިގެން ކުޅުނު އިރުވެސް ޑެންމާކުން ދިޔައީ ފިންލެންޑްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަމަވެސް މެޗުގައި ލަނޑުޖަހާ ލީޑުނެގީ ފިންލެންޑުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޔޮއެލް ޕޮޔަންޕާލޯއެވެ. މިގޯލަށްފަހު ޔޮއެލް ޕޮޔަންޕާލޯ އުފާ ފާޅުކޮށްފައެއް ނުވެއެވެ. މެޗްގައި ޑެންމާކަށް މެޗްގެ ނަތީޖާ އެއްވަރު ކުރުމަށް އެންމެ ރަގަނޅު ފުރުސަތެއް ލިބިގެންދިޔައީ ހޮއިބިއާ އަށެވެ. ނަމަވެސް ހޮއިބިއާ ފޮނުވާލީ ޕެނަލްޓީވަނީ ފިންލެންޑްގެ ކީޕަރު ރަޑޭޗީ މަދަކޮށްފައެވެ.