ޚަބަރު

ކޯވިޑް-19 : ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 196އަށް


ކޯވިޑް-19ގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 196އަށް އަރައިފިއެވެ.

މީގެތެރެއިން 4 މީހަކު ނިޔާވީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައެވެ.

ރާއްޖެއިން މިއަދު ނިޔާވި 4 މީހުންގެ ތެރެއިން 2 މީހަކު ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށެވެ. އެއީ އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 63 އަހަރުގެ ދިވެހި އަންހެނެކެވެ. މީގެއިތުރުން ޑީއެޗް-11ގައި ވެންޓިލޭޓަރުގައި ފަރުވާދެމުންގެންދިޔަ އުމުރުން 25 އަހަރުގެ އަންހެނަކުވެސް ވަނީ ނިޔާވެފައެވެ. އަދި އެންމެފަހުން ނިޔާވެފައިވަނީ ލ.އަތޮޅު ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ އުމުރުން 92 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ނިޔާވީ މިރޭ 10:00 ޖަހާއެހާއިރުއެވެ.

ރާއްޖެއިން މިހާތަނަށް 196 މީހަކު ކޯވިޑް ޖެހިގެން ނިޔާވެފައިވާއިރު މީގެތެރޭގައި ހިމެނެނީ 179 ދިވެހިންނާއި 17 ބިދޭސީންނެވެ.