ޚަބަރު

އައްޑޫގައި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި


މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރި ކުރުމަށް އައްޑޫ ސިޓީގައި ފުލުހުން ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން، އައްޑޫ ސިޓީގެ އެކި މުއައްސަސާތަކާއި އާންމުން ޙޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފިއެވެ.މި ޕްރޮގްރާމަކީ އައްޑޫ ސިޓީގެ މަގުތަކަކީ އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް ފުލުހުން ފަށާފައިވާ ރައްކާ ރޯޑް ޝޯވގެ ތެރެއިން ހިންގާ މައުލޫމާތު ދިނުމުގެ ސެޝަންތަކެކެވެ.މި ސެޝަންތަކުގައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާއި، ޤާނޫނުތަކަށް އަމަލު ކުރަންޖެހޭ ސަބަބާއި، ފަރުދީ ޒިންމާއާއި ގުޅޭ ގޮތުން މައުލޫމާތު ދީފައިވާނެ ކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓުތަކަށް ޙޭލުންތެރިކުރުވުމުގެ ގޮތުން ވަނީ އައްޑޫ ސިޓީގެ އެކި މުއައްސަސާތަކާއި، ޓެކްސީ ޑްރައިވަރުންނާއި،ސްކޫލް ކުދިންނާއި ބެލެނިވެރިންނާ އާންމުންނަށް މައުލޫމާތު ފޯރުކޮށްދީފައެވެ.މިމައުލޫމާތު ސެޝަންތައް ނަންގަވައިދެއްވާފައިވަނީ ފުލުހުންނާއި އެލައިޑް އިންޝުއަރެންސް ގުޅިގެންނެވެ. ރައްކާ ރޯޑު ޝޯވގެ ތެރެއިން އާންމުން ހޭލުންތެރިކުރުވުމަށް ފުލުހުން ދަނީ ތަފާތު އެކި ޕްރޮގްރާމްތަކެއް އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ހިންގަމުންނެވެ.