ސިޔާސީ

2016ވަނަ އަހަރުގެ ބަޖެޓާއިމެދު މިއަދު ގޮތެއް ނިންމަވާނެ


އަންނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓާއި މެދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގޮތެއް ނިންމަވާނެއެވެ.ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިހާރު ކުރިއަށްދަނީ ބަޖެޓު ދިރާސާ ކުރެއްވިގޮތުގެ ރިޕޯޓަށް ބަހުސްކުރުމެވެ.މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙް މުޙައްމަދު އިއްޔެގެ ޖަލްސާ ނިންމަވާލައްވަމުން ވިދާޅުވީ އަންނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓާ މެދު މިއަދުގެ ޖަލްސާގައި ގޮތެއް ނިންމެވޭނެކަމަށެވެ.ދެހާސް ސޯޅަ ވަނަ އަހަރަށް ދައުލަތުން ލަފާކުރައްވާ ބަޖެޓުގެ ޖުމްލަ ޢަދަދަކީ 27.45 ބިލިއަން ރުފިޔާއެވެ.މި ބަޖެޓުގެ ޖުމުލަ އަދަދަށް ބަދަލެއް ނުގެނެސް އެހެންނަމަވެސް ޝަރުއީ ދާއިރާގެ ބަޖެޓަށް 20 މިލިއަން ރުފިޔާ އިތުރުކުރާ ގޮތަށް ބަޖެޓް ދިރާސާކުރި ކޮމިޓީން ވަނީ ނިންމަވާފައެވެ.އަންނަ އަހަރަށް ލަފާކުރައްވާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް މާލީ ވަޒީރު އަބްދުﷲ ޖިހާދު ހުށައަޅުއްވައިދެއްވީ މިމަހުގެ 12 ވަނަ ދުވަހުއެވެ.