މުނިފޫހިފިލުވުން

"ލޯރޑް އޮފް ދަ ރިންގްސް" އައު ޕްރީކުއަލްއެއް


"ދަ ލޯރޑް އޮފް ދަ ރިންގްސް: ދަ ވޯރ އޮފް ދަ ރޯހިރިމް" ގެ ނަމުގައި "ލޯރޑް އޮފް ދަ ރިންގްސް" އައު ޕްރީކުއަލެއްގެ މަސައްކަތް ނިއުލައިން އަދި ވޯރނަރ ބްރޯސް އިން ފަށައިފިއެވެ.

"ދަ ޑާރކް ކްރިސްޓަލް:އޭޖް އޮފް ރެސިސްޓެންސް" އިން އެމީ އެވޯރޑް ޙާސިލްކޮށްފައިވާ ޖެފަރީ އެޑިސް އަދި ވިލް މެތިއުސްގެ ސްކްރީން ޕްލޭއަކަށް ހަދާ މި އެނިމޭޓެޑް ފީޗަރގެ ޑައިރެކްޓަރަކީ އެނިމޭޓެޑް ފިލްމުތައް ހެދުމުގެ ތަޖުރިބާކާރެއް ކަމަށްވާ ކެންޖީ ކާމިޔާމާއެވެ.

2014 ވަނަ އަހަރު ދެއްކި ފިލްމު "ހޮބިޓް:ދަ ބެޓުލް އޮފް ފައިވް އާރމީސް" އަށްފަހު ޖޭއާރްއާރް ޓޮލްކިއަންސްގެ ފެންޓަސީ ފިކްޝަން "މިޑްލް އާރތް" އަށް ހަދާ ފުރަތަމަ ތިއެރެޓިކަލް ފިލްމަކީ މިއީއެވެ.

ރިލީޒް ކުރާނެ ވަކި ތާރީޚެއް އަދި ކަނޑަނާޅާ މި ފިލްމުގެ ނިންމުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށާއި އަޑުއެޅުމަށް ބޭނުންވާ އަޑުތައް ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށްވެއެވެ. މި ފިލްމުގެ އެނިމޭޝަން ހަދަނީ ސޯލާ އެންޓަރޓެއިންމަންޓުންނެވެ.