ޚަބަރު

އަންހެނުންގެ ފޮޓޯއާއި މައުލޫމާތު އާއްމުކުރާ ގްރޫޕެއްގެ މައްސަލަ ބަލަނީ


މީހުން ޒާތީ މަޢުލޫމާތު ވިއްކުމަށް މަސައްކަތް ކުރަމުންދާ ގްރޫޕެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގ އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ފުލުހުން ތަހުޤީގުކުރަމުން އަންނަނީ ސޯޝަލް މީޑިއާގައި ފަރުދުންގެ ޒާތީ މަޢުލޫމާތު ވިއްކުމަށް މަސައްކަތްކުރަމުންދާ ގްރޫޕެއްގެ މައްސަލަކަމަށެވެ. މިކަމުގެ މާ ބޮޑު ތަފްސީލެއް މަބްރޫކް ދެއްވާފައެއް ނުވެއެވެ. އެހެންނަމަވެސް މިކަމުގެ ތަފްސީލުތައް ފުލުހުން އާއްމުކުރައްވާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

އަންހެނުންގެ މައުލޫމާތާއި ބަރަހަނާ ފޮޓޯތައް ސޯޝަލް މީޑިއާގެ ޕްލެޓް ފޯމްތައް މެދުވެރިކޮށް ވިއްކަމުންދާކަމުގެ މައްސަލަތަކެއް ދާދި ފަހުން ވަނީ ފެންމަތިވެފައެވެ. އަދި މިކަން ސަރުކާރާއި ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ބައެއް މީހުންވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ގެނެސްފައެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ އެ އިދާރާއިން ތަހުޤީގުކުރަމުން އަންނަކަމަށެވެ. އެހެންނަމަވެސް މި ވަގުތު އިތުރު ތަފްސީލު ހާމަކުރެވެން ނެތްކަމަށް ފުލުހުން ވިދާޅުވިއެވެ.

ސިރު

ބަރަހަނާ ވަނީ ކީއްވެ މީހަކު އެއްޗެއް ބުނާ އިރައް