ކުޅިވަރު

ފުރަތަމަ މެޗަށް ތުރިކީ އިޓަލީ


މާދަމާ ފެށޭ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު ކުޅުމަށް ތުރިކީގެ ޓީމު އިޓަލީއަށް ގޮސްފިއެވެ. ތުރުކީ ޓީމު ފުރަތަމަ މެޗު ކުޅުމަށްޓަކައި އިޓަލީގެ ރޯމަށްދިޔައީ އިއްޔެ ވަގުތެއްގައެވެ.

މުބާރާތުގެ ފުރަތަމަ މެޗު އެއްގަޑިއިރުގެ ކުރިން މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އިޓަލީގެ ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި އިޓަލީ ނުކުންނާނީ ތުރުކީއާ ދެކޮޅަށެވެ. އެންމެފަހުން މި ދެޓީމު ވާދަކޮށްފަވަނީ މީގެ 15 އަހަރުކުރިން ބައިނަލް އަގުވާމީ އެކުވެރިކަމުގެ މެޗެއްގައި އެމެޗު ނިމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ.

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް އޮންނީ ޔޫރަޕަގު 11 ސިޓީއެއްގައެވެ. މި ގުރޫޕްގެ މެޗުތައް އިޓަލީ އާއި އަޒަރުބައިޖާންގައި ކުޅުމަށް ހަމަޖެހިފަވާއިރު ތުރިކީ ގުރޫޕްގެ ބާކީ އޮތް ދެމެޗު ކުޅޭނީ ބަކޫގައެވެ. އަންނަ ބުދަ ދުވަހު ބަކޫގެ އޮލިންޕިކް ސްޓޭޑިއަމްގައި ތުރުކީ ނުކުންނާނީ ވޭލްސްއާ ދެކޮޅަށެވެ. ފަހު މެޗުގައި ހަމަ މިދަނޑުގައި ތުރުކީ ނުކުންނާނީ ސްވިޒަލޭންޑާ ދެކޮޅަށެވެ.