ވިޔަފާރި

މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް މީރާގެ ކައުންޓަރުތައް ބަންދުވާނެ


މީރާގެ ކައުންޓަރުތައް މިމަހުގެ 15 ދުވަހާއި ހަމައަށް ބަންދުވާނެކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ.

މީރާއިން މިގޮތަށް ނިންމާފައިވަނީ، މާލެ ސަރަހައްދުގެ ސަރުކާރު އޮފީސްތައް ހުޅުވައިގެން ހިދުމަތް ނުދިނުމަށް ސަރުކާރުން ނިންމި ނިންމުމަށް އެއްބާރުލުން ދިނުމަށްކަމަށް މީރާއިން ބުނެއެވެ. އެގޮތުން މީރާގެ ހުރިހާ ޙިދުމަތެއްވެސް އޮންލައިކޮށް ކުރިއެކޭ އެއްގޮތަށް ދެމުން ގެންދާނެކަމަށް މީރާއިން ހާމަކުރެއެވެ.

މިގޮތުން ޓެކުހާއި ފީތައް މީރާ ކަނެކްޓު އަދި ވާރުޕޭ މެދުވެރިކޮށް އޮންލައިންކޮށް ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށް މީރާއިން ބުނެއެވެ. އަދި މިނޫން ޙިދުމަތްތައްވެސް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް މީރާއިން ބުނެއެވެ.

މީރާއިން ކައުންޓަރ ޙިދުމަތް މެދުކަނޑާލި ނަމަވެސް، މީރާގެ ހޮޓްލައިން 1415 ރަސްމީ ގަޑިތަކުގައި ޙިދުމަތް ދޭނެކަމަށް މީރާއިން ފާހަގަކުރެއެވެ. ކޯވިޑް-19އާ ގުޅިގެން ސަރުކާރު އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާގޮތަށް ހަމަޖައްސަވާފައިވާ މުއްދަތު މިމަހުގެ 15ގެ ނިޔަލަށް އިތުރުކޮށްފިއެވެ. މިއީ މުއްދަތު އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި 4 ވަނަ ފަހަރެވެ.