ޚަބަރު

ފިޔާތޮށި އަހުމަދު މަނިކު އަވަހާރަވެއްޖެ


ދަޢުލަތަށް އަގުހުރި ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އަހުމަދު ހުސައިން މަނިކު ( ފިޔާތޮށި އަހުމަދު މަނިކު ) އަވަހާރަވެއްޖެއެވެ.

އަޙްމަދު ޙުސައިން މަނިކު އަވަހާރަވެފައިވަނީ ކޯވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައި ފަރުވާ ދެމުންދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 102 އަހަރެވެ. އަހުމަދު ހުސައިން މަނިކުއަކީ ދިވެހިެންގެ ތެރެއިން 100 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ކަމަށް ސާބިތުވާ މީހުންގެ ތެރޭގައި ހިމެނުނު ބޭފުޅެކެވެ.

އަޙްމަދު ޙުސައިން މަނިކުއަކީ ބައެއް އަތޮޅުތަކުގެ އަތޮޅުވެރިކަމާއި މަޖިލިސް މެމްބަރުކަމާއި ސަރުކާރުގެ ބައެއް އިދާރާތަކުގެ ވެރިކަން ކުރައްވާފައިވާ ޚިދުމަތްތެރި ހަރުދަނާ ބޭފުޅެކެވެ.

އަޙްމަދު ޙުސައިން މަނިކު ބޭފުޅުންގެ ތެރެއިން ރާއްޖޭގެ ފުރަތަމަ ޕައިލެޓް، މުހައްމަދު ނައީމް (ޕައިލޮޓް ނައީމް) ފާހަގަކުރެވެއެވެ. އޭނާ އަށް ކާފަވިދާޅުވާ ބޭފުޅުންނާއި މުނިކާފަ ވިދާޅުވާ ބޭފުޅުންނާއި ހޫރުކާފަވިދާޅުވާ ބޭފުޅުންނާ އެކު އާއިލާގެ މެމްބަރުންގެ ޖުމްލަ އަދަދު 200 އާ ގާތްކުރާނެއެވެ.

އަޙްމަދު ޙުސައިން މަނިކުއަކީ ކުރީގެ ރައީސް މައުމޫންއާއި ޔާމީންގެ އާޢިލާ ބޭފުޅެކެވެ. އަދި އެ ޢާއިލާގެ މެމްބަރުންނަކީ އުމުރު ދިގު އާއިލާއެއްކަން ފާހަކުރެވެއެވެ. މިގޮތުން އެވްރެޖްކޮށް 90 އަހަރު ގެ ބޭބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ. އަދި 80 އަހަރަށްވުރެ ދޮށި ބޭފުޅުންނާއި ބޭކަނބަލުންވެސް އެބަތިއްބެވެ.