ކުޅިވަރު

ސްޕެއިން ކެޕްޓަން ކޮވިޑަށް ޕްޒެޓިވް ވެއްޖެ


ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިން ކުޅެން އޮތް ފުރަތަމަ މެޗަށް 8 ދުވަހަށް ވެފައި އޮއްވައި އެ ޓީމުގެ މުހިއްމު މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ބުސްކެޓްސް ޕޮޒިޓިވް ވީ މާދަމާރޭ ސްޕެއިނުން ލިތުއޭނިއާއާ ދެކޮޅަށް ސްޕެއިން ކުޅެން އޮތް އެކުވެރިކަމުގެ މެޗުގެ ކުރިން ކުރި ޓެސްޓްތަކުންނެވެ. ބުސްކެޓްސް ޕޮޒިޓިވް ވިއިރު، މި މަހު 14 ވަނަ ދުވަހު އެ ޓީމުން ސްވިޑެންއާ ދެކޮޅަށް ޔޫރޯގައި ކުޅޭ މެޗު ފެށެން މިހާރު މި އޮތީ ހަފްތާ އަކަށް ވެފައެވެ. އެ މެޗުގައި އޭނާ އަށް ކުޅެވުމުގެ ފުރުސަތު ވަރަށް ކުޑައެވެ. ބުސްކެޓްސް މިދިޔަ ބުރާސްފަތި ދުވަހުގެރޭ ވަނީ ސްޕެއިނާއި ޕޯޗުގަލް ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި ކުޅެފައެވެ. އެ މެޗު ކުޅުމުގެ ކުރިން ހުރިހާ ކުޅުންތެރިން ކޮވިޑަށް ޓެސްޓްކުރިއިރު، ބުސްކެޓްސް ވަނީ ނެގެޓިވްވެފައެވެ. ސްޕެއިންގެ މުޅި ސްކޮޑުގެ ހުރިހާ މެމްބަރުން ޓެސްޓްކުރިއިރު، ޕޮޒިޓިވްވީ ބުސްކެޓްސް އެކަންޏެވެ.

ބުސްކެޓްސް ޕޮޒިޓިވްވުމާ އެކު އޭނާގެ އިތުރުން ދެން ކޮންޓެކްޓްވި އެންމެން ވަނީ އެކަހެރި ކޮށްފައެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބުސްކެޓްސްއާ ކޮންޓެކްޓް ވެގެން ފަސް ކުޅުންތެރިއަކާއި ދެ އޮފިޝަލަކު ވަނީ އައިސޮލޭޓްކޮށްފައެވެ. ބުސްކެޓްސް ޕޮޒިޓިވް ވުމާއެކު ސްޕެއިން ސީނިއަރ ޓީމުގެ ބަދަލުގައި މާދަމާރޭ ލިތުއޭނިއާއާ ދެކޮޅަށް ކުޅޭނީ ސްޕެއިންގެ 21 އަހަރުން ދަށުގެ ޓީމެވެ.