ދުނިޔޭގެ ވިޔަފާރި

ޖީ7ގެ އެއްބަސްވުމުން ދައްކައިދެނީ ޓެކްސް ރޭޓް ދަށް ކުރެވިދާނެކަން: ކެނެޑާ


ޖީ ސެވަންގެ ޤައުމުތަކުން އެއްބަސްވި ތާރީޚީ އެއްބަސްވުމުން ދައްކައިދެނީ އިންވެސްޓަރުން ޝައުޤުވެރިކޮށް އިޤްޠިޞާދީ ޙަރަކާތްތައް އިތުރުކުރުމުގެ ގޮތުން ވިޔަފާރިތަކުން ނަގާ ޓެކްސް ރޭޓް ދަށްކުރެވިދާނެ ކަންކަމުގައި ކެނެޑާގެ މާލީ ވަޒީރު ކްރިސްޓިއާ ފްރީލޭންޑް ވިދާޅުވެއްޖެއެވެ.

ފްރީލޭންޑް މި ވާހަކަފުޅު ދައްކަވާފައިވަނީ ހޮނިހިރުދުވަހު އިނގިރޭސިވިލާތުގެ ލަންޑަންގައި ބޭއްވި ޖީ ސެވަން ޤައުމުތަކުގެ ބައްދަލުވުމުން ނިންމަވާލެއްވުމަށްފަހުގައެވެ.

ޖީ ސެވަންގެ ޤައުމުތަކުން މި ދައްކައިދިނީ ޓެކްސް ރޭޓް ދަށްކުރެވިދާނެ ކަންކަމާއި މަލްޓިނޭޝަނަލް ކުންފުނިތަކުން ދެން ޖެހޭނީ އިންސާފުވެރި ޓެކްސްއެއް ދައްކަންކަމަށްވެސް ފްރީލޭންޑް ވިދާޅުވިއެވެ. މީގެއިތުރުން ކެނެޑާއަކީ ޓެކްސް ރޭޓް މަތި ޤައުމަކަށްވުމާއެކު މި މައްސަލަ ކެނެޑާއަށް ވަރަށް މުހިންމުކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ކެނެޑާގެ ކުންފުނިތަކަށް ކުރާނެ އަސަރުތަކަކީ ކޮބައިކަން ބުނަން އަދި މާއަވަސް ކަމަށްވެސް ފްރީލޭންޑް ވަނީ ވިދާޅުވެފައެވެ.

ޤައުމުތަކުގެ މެދުގައި ޓްރާސްސިޝަން ޕްލޭން ކުރިއަށްދާނެތީ ކެނެޑާއިން އަދި ކުރިއަށްދާނީ އެމީހުންގެ އަމިއްލަ ޑިޖިޓަލް ސާރވިސް ޓެކްސް ރޭޓާއި އެކީގައި ކަމަށްވެސް ކެނެޑާއި ބުނެއެވެ.

ލަންޑަންގައި ނިންމި ނިންމުމަށްވުރެ ފުޅާ އެއްބަސްވުމެއް އަންނަމަހު އިޓަލީގެ ވެނިންސްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީ ޓުވެންޓީގެ ޤައުމުތަކުގެ ބައްދަލުވުމުން ނިންމާނެކަމުގައި ޚަބަރުތައް ބުނެއެވެ. މި ބައްދަލުވުމުގައި ތަރައްޤީވަމުން އަންނަ ގިނަ ޤައުމުތަކަކުންވެސް ބައިވެރިވާނެއެވެ.

ޖީ ސެވަންގެ ޤައުމުތަކަކީ އެމެރިކާ، ޖަޕާން، ޖަރުމަނުވިލާތް، އިނގިރޭސިވިލާތް، ފްރާންސް، އިޓަލީ އަދި ކެނެޑާއެވެ.